ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ދެކުނަށް ވައިޓް އެލާޓް

މޫސުން ގޯސްވެ ދެކުނުގެ ބައެއް އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ވައިޓް އެލާޓް ނެރެފިއެވެ.
މިއަދުގެ 1:00 އިން ފެށިގެން މިރޭ 7:00 އާ ހަމައަށް ވައިޓް އެލާޓް ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.
އެ އިދާރާއިން ބުނީ މި ވަގުތުތަކުގައި އެތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ގަދަވެ ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައުގަދަވުން އެކަށީގެންވާކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓު ނެރެފައިވާއިރު އެ އިދާރާއިން ބުނީ މިއަދު އިރުއޮއްދި 6:00 އާ ހަމައަށް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް މެޓުން ބުނެފައިވެއެވެ.
މެޓުން ބުނީ ދެކުނުގެ ކަނޑުތައް ގަދަވާނެކަމަށާއި އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ