މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މާލެ ސަރަހައްދުގައި ހިންގި ދެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ދަފްތަރު. ނަންބަރު ރސ 5268 / މާލެ. މުހައްމަދު ތޯހާ (37އ) އާއި ދަފްތަރު. ނަންބަރު ދރ 071 / މާލެ، ފަތުހު އާދަމް ހަސަންފުޅު (44އ) އެވެ.
ފުލުހުން ބުނީ އޭގެ ތެރެއިން ތޯހާ ހައްޔަރުކޮށްފައިވަނީ އިއްޔެ ހެނދުނު ހުޅުމާލެ ފޭސް 1 ގެ ނިރޮޅުމަގުން ބާރު ސްޕީޑުގައި ސައިކަލު ދުއްވަނިކޮށް ފުލުހުންނަށް ފާހަގަކުރެވިގެން ހުއްޓުވައި ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
ތޯހާ ދުއްވި ސައިކަލުގެ ވަތްގަނޑުގެ ތެރޭގައި އޮތް ޓިޝޫއެއްގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 5.14 ގްރާމްގެ ތަކެތި ފެނިފައިވާ ކަމަށާއި އޭނާ ދުއްވި ސައިކަލު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ފަތުހު ހައްޔަރުކުރީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މިދިޔަ ބުދަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައި ފާސްކުރުމަށްފަހު ކަމަށާއި އެ ގެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 38 ގްރާމްގެ ތަކެތި ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ