15 ބިދޭސީން ފާސްކޮށް އެކަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހުޅުމާލޭގައި ޚާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 15 ބިދޭސީންގެ ލިޔެކިޔުންތައް ބަލައި ފާސްކޮށްފައިވެއެވެ. މިގޮތުން ބަލައި ފާސްކުރި މީހުންގެ ތެރެއިން، ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދިޔަ އެއް ބިދޭސީއަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި ހަރަކާތަކީ ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އެކުލަވާލާފައިވާ ޓާސްކްފޯސްއިން މާލެ ސަރަހައްދުގައި ސިލްސިލާކޮށް ހިންގަމުންދާ އޮޕަރޭޝަންތަކުގެ ބައެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ފަހަކަށް އަސިސް މިގޮތަށް ހިންގޭ ރެއިޑްތަކުގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ފެންނަ މިންވަރު ވަނީ ވަރަށް ބޮޑުތަނުން ދަށްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ