ސްޓޫޑެންޓް ލޯނަށް ހުޅުވާލައިފި
ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމަށް ކިޔަވަން މި އަހަރު ދޫކުރާ ސްޓޫޑެންޑް ލޯނަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ،ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މި ފުރުސަތު ރަސްމީކޮށް ހުޅުއްވާލެއްވި އިރު، މިއަދު ވަނީ އެކަމާ ގުޅޭ ލޯނުގެ އާ އުސޫލު ވެސް އާއްމުކޮށްފަ އެވެ.ގެޒެޓުގައި މިހާރު އާއްމުކޮށްފައި އެ އުސޫލުގައިވާ ގޮތުން ލޯނުގެ ގޮތުގައި ދޫކުރެވޭ އެންމެ މަތީ އަދަދަކީ 3.2 މިލިއަން ރުފިޔާ އެވެލޯނަށް އެދި ހުށަހަޅަން ޖެހެނީ ކުރި ޕޯޓަލް kuri.gov.mv މެދުވެރިކޮށެވެ.މިދިޔަ އަހަރު ސްޓޫޑެންޓް ލޯނަށް 548.16 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އަދި ލޯނުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ އަދަދު 1،740 އަށް އަރަ އެވެ.ސްޓޫޑެންޓް ލޯނަށް ދައުލަތުގެ ބަޖެޓުން މިހާތަނަށް 1.24 ބިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ