އެންޕީއެޗް ޑިވެލޮޕްމެންޓްސް ޕްރައިވެޓް ލިމިޓެޑުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދައްކަންޖެހޭ ފައިސާ ނުދައްކާތީ، އެކުއަވިޓާއިން އެޕާޓުމެންޓު ގަތް މީހުންނަށް އެ ތަނުގައި ދިރިއުޅުމުގެ ހުއްދަ ވެސް ނުލިބޭތީ އެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
އެކުއަވިޓާ އިމާރާތްކުރި އެންޕީއެޗް ޑިވެލޮޕްމެންޓްސް އަކީ ބާސެލޯ ނަސަންދުރާގެ ވެސް ވެރި ފަރާތެވެ. އެ ކުންފުންޏަކީ އެޗްޑީސީއަށް އެންމެ ބޮޑު ދަރަންޏެއް ދައްކަން އޮތް ޕްރައިވެޓް ކުންފުންޏެވެ. އެންޕީއެޗް ކުންފުނިން އެޗްޑީސީއަށް 215.2 މިލިއަން ރުފިޔާ ދައްކަންޖެހެ އެވެ.
އެންޕީއެޗްއިން އެޗްޑީސީއަށް އެ ފައިސާ ނުދައްކާތީ އެޗްޑީސީން ވަނީ އެކުއަވިޓާއިން އެޕާޓުމެންޓު ގަތް މީހުންނަށް ރެޖިސްޓްރީ ހައްދައިދިނުމާއި ވެހިކަލް ރެޖިސްޓްރޭޝަން ފަދަ ހިދުމަތްތައް ނުދީ ހިފަހައްޓައިފަ އެވެ.
އެކަމާ ގުޅިގެން އެ ތަނުން އެޕާޓުމެންޓު ގަތް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ފަރާތްތަކުން މިހާރު ވަނީ އެޗްޑީސީއާ ބައްދަލުކުރުމަށް އެދި ހުރިހާ ކަންބޮޑުވުންތަކަކާއެކު ސިޓީއެއް ވެސް ފޮނުވައިފަ އެވެ.
"އެންޕީއެޗް އިން އެޗްޑީސީއަށް ބިމުގެ އަގު ނުދައްކާ އޮތުމަކީ، އެތަނުން ފްލެޓު ގަތް މީހުން ޒިންމާވާންޖެހޭ ކަމެއް ނޫން، އެ ފައިސާ ނުދައްކާ އޮތީމާ އިމާރާތުގެ ރެޖިސްޓްރީއެއް އެޗްޑީސީން ނުދޭ، ވެހިކަލް ރެޖިސްޓްރީއެއް ނުކުރެވޭ ބީޔޫޕީ [ބިލްޑިން ޔޫސޭޖް ޕާމިޓް] ނުލިބި އޮންނާތީ،" އެކުއަވިޓާއިން އެޕާޓުމެންޓު ގަތް މީހަކު ބުންޏެވެ.
އޭނާ ބުނީ އެ މައްސަލަތަކުގެ އިތުރުން ވެސް އެކުއަވިޓާ ރެސިޑެންސީސްގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެ އިމާރާތުގެ މެއިންޓެނެންސް ނުބެލެހެއްޓުމާއި ލޯ ކޮލެޓީގެ ތަކެތި ބޭނުންކޮށްގެން އިމާރާތް ކޮށްފައި ހުރުމުގެ އިތުރަށް އެތަން ވިއްކިއިރު ދެއްކި ގޮތާ ހިލާފަށް ބައެއް ބަދަލުތައް ވެސް ގެނެސްފައިވާ ކަމަށެވެ.
އެކުއަވިޓާގެ ވަށައިގެންވާ ސަރަހައްދުގައި ޕާކިން ސްލޮޓުތަކެއް ހަދައިގެން ވިއްކާފައިވާއިރު، އެއީ ވެސް ކުރިން އޮންނާނެ ތަނެއް ކަމަށް ބުނެފައި ނުވާ ކަމަށާއި ކުޑަކުދިންނަށް ހާއްސަކޮށް އޮންނަ ސަރަހައްދު ވެސް މިހާރު އޮތީ ބޭނުންކުރެވޭ ގޮތަށް ނޫން ކަމަށް އެކުއަވިޓާއިން ފެލްޓު ގަތް މީހަކު ބުންޏެވެ.
"2019 ގައި ވަދެވޭނެ ކަމަށް ބުނި ތަނެއް މިއީ، އެކަމަކު 2023 ގައި މި ތަނަށް މި ވަދެވުނީ، އެކަމަކު އަދިވެސް އެއްވެސް ޔުނިޓެއްގައި ދިރިއުޅުމުގެ ހުއްދައެއް ނެތް،" އެތަނުން އެޕާޓުމެންޓެއް ގަތް މީހަކު ބުންޏެވެ.
އެކުއާވިޓާއަކީ އެންޕީއެޗް ކުންފުންޏާއި ސްރީ ލަންކާގެ އަޔެންކާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ގުޅިގެން އިމާރާތްކުރި 14 ބުރީގެ ލަގްޒަރީ އިމާރާތެކެވެ. އެ އިމާރާތުގައި މަތީ ފެންވަރުގެ 98 އެޕާޓުމެންޓު ހުރެ އެވެ.
އެކުއަވިޓާއިން އެޕާޓުމެންޓު ގަތް މީހުންނަށް އެ ތަނުގައި ދިރިއުޅުމުގެ ހުއްދަ ވެސް ނުލިބިފައި އެކުއަވިޓާއިން އެޕާޓުމެންޓު ގަތް މީހުންނަށް އެ ތަނުގައި ދިރިއުޅުމުގެ ހުއްދަ ވެސް ނުލިބިފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ