ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާތަކުން މީހުން ބިނާކުރުމަށްޓަކައި "ޓިވެޓް ޓީޗަރ ޓްރެއިންނިން ސްކޮލަރޝިޕް" އަށް ކުރިމަތިލުމުގެ ފުރުޞަތު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.
ކިޔެވުމަށް ހުޅުވާލާފައިވާ ދާއިރާތައް:
މިނިސްޓްރީން ބުނިގޮތުގައި މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ހިނގާ ހުރިހާ ޚަރަދެއް ހަމަޖައްސާނީ ސަރުކާރުންނެވެ. ނަމަވެސް، ކިޔެވުން ނިންމުމަށްފަހު ކޯހުގެ ދިގުމިނަށް ބަލައި ކަނޑައެޅޭ ވަކި މުއްދަތަކަށް މޯލްޑިވްސް ޕޮލިޓެކްނިކަށް ޚިދުމަތްކުރުމަށް ބޮންޑު ކުރެވޭނެއެވެ. މީގެ އިތުރުން، ހޮވޭ ކޯހަކީ ފުލްޓައިމް އަދި އިނގިރޭސި މީޑިއަމަށް ކިޔަވައިދޭ ކޯހަކަށް ވާންޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ބަޔާންކުރެއެވެ.
އިތުރު ޝަރުތުތަކަށް ބަލާއިރު، ސްޓޫޑެންޓް ލޯނު ސްކީމަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމަންޓުގައި ސޮއިކޮށްފައި ނުވާނަމަ މި ސްކޮލަރޝިޕަށް އެދި ހުށަހެޅޭނެއެވެ. އެހެންނަމަވެސް، ސްކޮލަރޝިޕަށް ނޮމިނޭޓްވުމާއެކު ލޯނުގެ ފުރުޞަތު ދޫކޮށްލަން ޖެހޭނެއެވެ. އަދި މިހާރުވެސް އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ފަރާތްތަކަށް މި ފުރުޞަތުގައި ބައިވެރިއެއް ނުވެވޭނެއެވެ.
ޓެކްނިކަލް ދާއިރާތަކުން ކިޔެވުމަށް ސްކޮލަރޝިޕަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ