ޑެންގީ ޖެހިގެން ފަރުވާ ހޯދަމުން ދިޔަ ޒުވާނަކު މަރުވެއްޖެ

ޑެންގީ ހުން ޖެހިގެން ފަރުވާ ދެމުން ދިޔަ ޒުވާނަކު މިއަދު މަރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ށ. މިލަންދުއަށް ނިސްބަތްވާ 23 އަހަރުގެ އެ ޒުވާނާ ހުން އައުމުން އެންމެ ފުރަތަމަ ފަރުވާ ހޯދީ އޭނާގެ ރަށުގެ ސިއްހީ މަރުކަޒުންނެވެ. އޭގެ ފަހުން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ހާލު ސީރިއަސް ވުމުން މިއަދު ވަނީ މާލެ ގެނެސްފަ އެވެ.
އޭނާ މަރުވީ އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ.
އެނގުން މުހިއްމު - ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ބުނި ގޮތުގައި، މަދިރީގެ ސަބަބުން ޖެހޭ މި ބަލި ޖެހިގެން މިދިޔަ މަހު އެކަނި ވެސް 535 ކޭސް ވަނީ ރިޕޯޓުކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ނިސްބަތް އުޅެނީ 60ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ