އަބިޖީތު ދެކޭ ގޮތުގައި ޝާހުއަކީ ވަރަށް ބޮޑާ، ކިބުރުވެރި މީހެއް

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަބީޖީތު ބަޓަޗާރިއާ އާއި ޝާހްރުކް ޚާނާ ދެމެދު މީގެ އަހަރުތަކެއް ކުރިން އުފެދުނު މައްސަލަތަކަށް ނިމުން ނައިސްގެން އުޅެނީ ޝާހުގެ ކިބައިގައި ހުންނަ ބޮޑާ، ކިބުރުވެރި ސިފަތަކުގެ ސަބަބުން ކަމަށް އަބީޖީތު ބުނެފިއެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ އަބީޖީތު ބަޓަޗާރިއާ، ބޮލީވުޑްގެ ކިންގްޚާންގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ޝާހްރުކް ޚާން އަކީ 90ގެ އަހަރުތަކާއި 2000ގެ ކުރީކޮޅުގައި ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރާއި ލަވަކިޔުންތެރިޔާގެ ޖޯޑުގެ ގޮތުގައި ބެލެވި، ގިނަ އަދަދެއްގެ މަގުބޫލު ލަވަތަކެއް އާއްމުންނަށް ގެނެސްދިން ކުޅަދާނަ ދެ ފަންނާނުންނެވެ. ނިދީ ވަސަންދާނީއަށް ދިން އިންޓަވިއުއެއްގައި އަބީޖީތު ބުނީ، ދެމީހުންގެ ގުޅުން ހީނަރުވީ ޝާހްރުކްގެ ކިބުރުވެރިކަމާއި އަދި އޭނާގެ އަމިއްލަ ނަފްސަށް އޮތް އިހްތިރާމްގެ ސަބަބުން ކަމަށެވެ. "ޝާހްރުކް އަކީ އަހަންނަށްވުރެ ހަގު މީހެއް. އެހެންނަމަވެސް ފަރާ ޚާންގެ ފިރިމީހާ އޭނާއަށް އެހާ ބޮޑަށް އިހާނެތިކޮށް ކަންތައް ކުރިއިރުވެސް ޝާހްރުކް އޭނާގެ ގައިގައި ބައްދާލި. އާމިރު ޚާން ގޭގައި ގެންގުޅޭ 'ޕެޓް'އަކަށް ޝާހުގެ ނަމުން ނަން ދިނުމުން ވެސް އެ ދެމީހުން އަލުން އެކުވެރިވި،" އަބީޖީތު ފާހަގަކުރިއެވެ. އެހެންނަމަވެސް އަބިޖީތުގެ ފަރާތުން ޝާހު މާފަށް ނޭދުނުތާ އަމިއްލައަށް ކުރެވުނީ ގޯސްކަމެއް ކަމަށް ގަބޫލުވެސް ނުކުރީތީ އެކަމާ ހިތާމަކުރާ ކަމަށް އަބީޖީތު ވަނީ ބުނެފައެވެ. އަބީޖީތުގެ އަޑުން ގިނަ ލަވަތަކެއް ރެކޯޑުކޮށްދިން ޝާހުގެ ފިލްމު "މޭ ހޫ ނާ"ގެ ސެޓުގައި ފިލްމުގެ ޑައިރެކްޓަރު ފަރާ ޚާންއާ އެކު އެކްޓަރު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް މާޒީގެ ހަނދާންތައް އާކުރަމުން އަބީޖީތު ބުނީ ފިލްމު އިންޑަސްޓްރީގެ ގިނަބަޔަކު އެއްވެފައި ތިބި ތަނަކުން ބައްދަލުވެ އެހެންމީހުންނަށް ސަލާމްކޮށް ހެދިއިރު ޝާހު އެތަނުން ދިޔައީ އަބީޖީތު އެއީ އެތަނުގައި ނެތް މީހެއް ކަމަށް ހެދުމަށްފަހު ކަމަށް ވަނީ ބުނެފައެވެ. އަބީޖީތު އާއި ޝާހުއާ ދެމެދު ނުތަނަވަސްކަން އުފެދެން ފެށީ އޭނާގެ އަޑުން ޝާހުގެ ފިލްމުތަކަށް ކިޔައިދީފައިވާ މަޝްހޫރު ގިނަ ލަވަތަކެއްގެ ކްރެޑިޓް އަބީޖީތުއަށް ނުދީ އެ ލަވަތަކުގެ ބޭނުންކޮށްގެން ޝާހު މަޝްހޫރުކަން ހޯދާ ކަމުގެ ތުހުމަތުތަކާ ގުޅިގެންނެވެ. އެގޮތުން 2024ވަނަ އަހަރު މަޝްހޫރު ލަވަކިޔުންތެރިޔާ ދުއާ ލީޕާ މުމްބާއީގައި ބޭއްވި މިއުޒިކް ކޮންސެޓެއްގައި ފިލްމު "ބާދްޝާހް"އަށް އަބީޖީތު ކިޔައިދީފައިވާ ލަވައެއްގެ ބައެއް ރިމިކްސްއަކާ އެއްކޮށް ގެނެސްދިންއިރު އޭގެ ކްރެޑިޓް އަބީޖީތުއަށް ނުދީ ޝާހުއަށް ދިނުމުން ވެސް އެ މައްސަލަ އެ ދުވަސްވަރު ވަރަށް ބޮޑަށް ހޫނުވިއެވެ. މި މައްސަލައާ ގުޅިގެން އަބީޖީތު ވަނީ ޝާހުގެ ފިލްމުތަކަށް ލަވަކިޔައިދިނުން ހުއްޓާލާފައެވެ. އަބީޖީތު ބުނެފައިވާ ގޮތުގައި ޝާހު އޭނާގެ ކިބައިން މާފަށް ނޭދެނީ އެކްޓަރުގެ އަބުރަށް އެކަމުން އަސަރުތަކެއް ކޮށްފާނެ ކަމެއް ކަމަށް ދެކިގެން ކަމަށްވާނަމަ، އޭނާގެ އަމިއްލަ ނަފުސަށްކުރާ އިހުތިރާމް ވެސް ވަކި ކުޑައެއް ނޫން ކަމަށެވެ. އެހެންވެ މި މައްސަލަ ހައްލުކުރުމަށް އިސްވެ އެއްވެސް މަސައްކަތެއް ކުރަން ބޭނުންނުވާ ކަމަށް އަބީޖީތު ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ