މިހާރު ފަސޭހަކަމާއެކު އޮންލައިންކޮށް، އައިކެއަރ އިން އެޕޮއިންޓްމެންޓް ހަދާލަވޭނެ އާސެނަލްއާއި އެތުލެޓިކޯ ބައްދަލުކުރި މެޗު އެއްވަރުވިއިރު، ވީ.އޭ.އާރުގެ ނިންމުމަކާއެކު އާސެނަލްއަށް ޕެނަލްޓީއެއް ގެއްލިއްޖެ ޕާޓީ ބަދަލުކުރުން ހުއްޓުވުމަކީ އަސާސީ ހައްގަކަށް އު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑެޕިއުޓީ ޗީފް އެކްސެކެޓިވް އޮފިސާ (ޑެޕިއުޓީ ސީއީއޯ) ގެ މަގާމަށް މުހައްމަދު ލަމްއާން އައްޔަން ކޮށްފިއެވެ.
ލަމްއާން އެމްޕީއެލް ބޯޑަށް އައްޔަން ކޮށްފައި މި ވަނީ ކުރިން އެ މަގާމުގައި ހުންނެވި ހ. އާހަމަ، އިބްރާހިމް ޒިޔަތު ވަކިކުރުމަށް ފަހުއެވެ.
މީގެ ކުރިން ލަމްއާން ހުންނެވީ އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމުގައެވެ. ފެބްރުއަރީ 1، 2024 ގައި އެ މަގާމަށް އައްޔަން ކުރި ލަމްއާން އެ މަގާމުން އިސްތިއުފާދެއްވީ މެއި 1 ވަނަ ދުވަހުއެވެ. . ލަމްއާން އިސްތިއުފާ ދެއްވުމާއެކު އެ މަގާމުގައި ދެން ހުންނަވާނީ މުޖުތަބާ ލަތީފެވެ.
ލަމްއާން އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ