މަގުބޫލު ލިޔުންތައް ފޭދޫ ސްކޫލުގައި އަލިފާން ރޯވެ އަދަނީ! ފްލައިޓެއްގައި ތިބި ފަސިންޖަރުންތަކެއްގެ އަތުން ވައްކަންކުރި ދިވެއްސަކު ހައްޔަރުކޮށްފި “ސިއްޙަތާއި ދުނިޔެ” ގެ ނަމުގައި ޑރ މުފްލިޙާ ލިޔުއްވި ފޮތް ލޯންޗްކޮށްފި ފެނަކައިގެ ޑީއެމްޑީ އިސްތިއުފާ ދެއްވައި

ރާއްޖޭގެ 10 ރަށެއްގައި ނޭޗަރ ޕާކު ތަރައްގީކުރުމުގެ މަސައްކަތް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާއިރު އެކަމަށް ޝައުގުވެރިކަން ހުރި ރަށްރަށަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލީ 2024 ވަނަ އަހަރުގެ ތެރޭގައެވެ.
މި ފުރުސަތުގައި ގިނަ ރަށްރަށުން ޕްރޮޕޯސަލް ހުށަހަޅާފައިވާއިރު، އެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު އެންމެ މަތިން މާކުސް ލިބުނު 10 ރަށުގައި ނޭޗާރ ޕާކު ތަރައްގީކުރުމުގެ މަސައްކަތް ފެށިފައިވާކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
• ހއ. މޮޅަދޫ • ހދ. ކުމުންދޫ • ނ. ލަންދޫ • ކ. ހުރާ • އދ. އޮމަދޫ • މ. ކޮޅުފުށި • ތ. ކިނބިދޫ • ލ. ގަން • ގއ. ކޮނޑޭ • ގދ. ފިޔޮރީ
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ ނޭޗަރ ޕާކު ތަރައްޤީކުރާ ރަށްތަކުގެ ކައުންސިލްތަކާއި މަޝްވަރާކުރުމަށްފަހު އެތަންތަނުގެ ކޮންސެޕްޓާއި ސްކޯޕް ކަނޑައެޅިފައިވާ ކަމަށެވެ. އަދި ކައުންސިލްތަކާއެކު ގްރާންޓު އެގްރިމަންޓުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ