13 ސަރަހައްދަކުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިފި ތެޔޮ ލިބުމުގެ ދަތިކަމެއް ނެތް، މަސްވެރިންނަށް އެ ބުރަ ނުޖައްސާނަން: މިނިސްޓަރު ޝިޔާމް ފައިސާ ލިބުން އަވަސްވުމުން މަސްވެރިކަމަށް ނުކުންނަ ދޯނިތައް އިތުރުވެއްޖެ މަސް ގަންނަ

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ އިހްތިފާލްތައް ބޭއްވުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ މަސްވެރިންގެ ދުވަސް ފާހަގަ ކުރަނީ ރާއްޖޭގެ މަސްވެރިންގެ އަގުވަޒަންކޮށް، މަސްވެރިންގެ މަސައްކަތްތަކަށް ތަރުޙީބުދިނުމުގެ މަގްސަދުގައި ކަމަށެވެ.
އެހެންކަމުން މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭނުންވާ ރަށްރަށުން އެކަމަށް އެދޭ ފޯމު 31 މެއި 2026 ވާ އާދިއްތަ ދުވަހުގެ 12:00 ކުރިން މިނިސްޓްރީ އޮފް ފިޝަރީސް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަށް ގަވަރމަންޓް އީ ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށް ހުށަހަޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
މީގެ އިތުރުން މިނިސްޓްރީން ވަނީ މަސްވެރިންގެ ދުވަހުގެ ރަސްމީ، އިހްތިފާލްތައް ބޭއްވުމަށް އެދި ހުށަހަޅާ ފޯމް އާއި ގުޅިގެން، އެއްވެސް، މައުލޫމާތެއް ސާފުކުރަން ބޭނުން ނަމަ މިނިސްޓްރީ އާއި ގުޅައިގެން ކުރިއަށްގެންދިއުން އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ