އިތުރު އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް މަޝްވަރާކޮށްފި

އައު އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިއަށް ދިޔައީ ޗައިނާގެ ޒިއާންގައި ކުރިއަށްދިޔަ ރޫޓްސް އޭޝިއާ 2026ގަ އެވެ.
މި ފޯރަމްގައި އެކި ގައުމުތަކުގެ އެއާލައިންތަކާއެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރެވުނު ކަމަށް އިންޓަނޭޝަނަލް ހަލާލް ޓޫރިޒަމް އޯގަނައިޒޭޝަން (އައިއެޗްޓީއޯ) އިން ވަނީ ބުނެފަ އެވެ.
އެ ގޮތުން ރިޔާދު އެއާ، ވިއެޓްނާމް އެއާލައިންސް، ސެބޫ ޕެސިފިކް އަދި ޗައިނާގެ ލީޑިންގް އެއާލައިންތަކާއެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރެވުނު ކަމަށް އައިއެޗްޓީއޯ އިން ބުންޏެވެ.
އައިއެޗްޓީއޯ އިން ބުނީ މީގެ ތެރެއިން ގިނަ އެއާލައިންތަކަކުން ކުރިމަގުގައި ރާއްޖެއަށް ދަތުރުތައް ފެށުމަށް ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ.
ރޫޓްސް އޭޝިއާގައި ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ މަތީ ފަންތީގެ މަންޒިލެއްގެ ގޮތުގައި އަދި އިންޑިއާ ކަނޑުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އޭވިއޭޝަން މާކެޓެއްގެ ގޮތުގައި ވަނީ އިޝްތިހާރުކޮށްފަ އެވެ.
މީގެ އިތުރުން އައު އެއާލައިން ރޫޓްތަކަށް ތައްޔާރަށް އޮތް މަންޒިލެއްގެ ގޮތުގައި އަދި ފަތުރުވެރިކަމާއި އުމްރާނީ އިންވެސްޓްމަންޓްތަކަށް ހުޅުވިފައިވާ ގައުމެއް ވަނީ ހާމަކޮށްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ