ފިހާރައަކުން ގަތް ތަކެތި ސެނިޓައިޒް ކުރުމަށް ބާތްޓަބަކަށް ލައިފި މަގުބޫލު ލިޔުންތައް ކެންސަރު ބައްޔާއެކު ނިޒާމް ވޭނުގައި، އެދެނީ ދީލަތި އެހީތެރިކަމަށް! އުމުރުން 16 އަހަރުގެ ޝަޒްފާގެ ކުއްލި ވަކިވުމާ އެކު ސްކޫލަށް ބޮޑު ހިތާމައެއް އާ އަހަރާ ދިމާކޮށް ބޭންކުތަ

ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާއާއި ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވަމުންދާތީއާއި، އުމުރާގެ އަޅުކަމަށްފަހު ގިނަ ބަޔަކު އެނބުރި އަންނަމުންދާތީ، އައިޖީއެމްއެޗްގައި ޚާއްސަ ފްލޫ ކްލިނިކެއްގެ ޚިދުމަތް ފަށައިފިއެވެ.
އައިޖީއެމްއެޗުން މައުލޫމާތު ދިން ގޮތުގައި، މި ކްލިނިކް ޚާއްސަކޮށްފައިވަނީ އުމުރާގެ އަޅުކަމުން އެނބުރި އަންނަ ފަރާތްތަކަށާއި ރޯގާގެ އަލާމާތްތައް ހުންނަ ފަރާތްތަކަށެވެ. މި ކްލިނިކަށް ދައްކަން ބޭނުންވާ ފަރާތްތަކުން ފުރަތަމަ ދާންޖެހޭނީ އެ ހޮސްޕިޓަލުގެ އީއާރް ޓްރައިޖަށެވެ. އަދި ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ފްލޫ ކްލިނިކް ޓޯކެން ނަމްބަރެއް ނެގުމުން، ބަލި މީހާގެ ހާލަތަށް ބަލައި ފްލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ދިއުމަށް ޓްރައިޖުން އިރުޝާދު ދޭނެއެވެ.
މި ކްލިނިކުގެ ޚިދުމަތް ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް ލިބެން ހުންނާނެއެވެ. ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10 ގައެވެ.
މި ފިޔަވަޅު އަޅާފައިވަނީ މި ދުވަސްވަރަކީ ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތައް އާންމުކޮށް ވެސް އިތުރުވާ ދުވަސްވަރަކަށް ވާތީއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރި އަދަދު ވަނީ އޭގެ ކުރީ މަހާ އަޅާބަލާއިރު އިތުރުވެފައެވެ. މީގެ އިތުރުން އަރިދަފުސް ރޯގާއާއި އިންފްލުއެންޒާގެ ކޭސްތައް ވެސް މި ދުވަސްވަރު ފެންނަމުންދާ މިންވަރު އިތުރުވަމުންދާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ