އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ/ އަރަބިއްޔާ ސްކޫލްގެ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޒަމްޒަމް ފާރިޝްއަށް ކުރާ ތުހުމަތަކާ ގުޅިގެން އެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، 39 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއް މިނިމޭ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. މިމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ޒަމްޒަމް ފާރިޝްއަށްކުރަނީ އަރަބިއްޔާ ސްކޫލްގެ ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތެވެ.
މިމައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅީ އެޑިއުކޭޝަން މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި، މިމައްސަލާގައި ބައެއް ދަރިވަރުންގެ ބަޔާންތައް ނަގާފައިވާއިރު، ޒަމްޒަމް ފާރިޝްއަށް އެ ދަރިވަރުންވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.
މައިގަނޑު ގޮތެއްގައި އޭނާއަށް ތުހުމަތުކުރަނީ އަންހެން ދަރިވަރުންނަށް އެކި ކަހަލަ ޖިންސީ ފުރައްސާރައަށް ވާގޮތަށް އެކި ވާހަކަތައް ދައްކައި ގުޅުން ބަދަހިކުރަން އެކި ގޮތްގޮތުން މުއާމަލާތްކުރުމުގެ ތުހުމަތެވެ. ބައެއް ފިރިހެން ކުދިންނަށް ފުރައްސާރަކޮށްފައިވާ ކަމުގެ ތުހުމަތުވެސް ކުރެއެވެ.
ތުހުމަތުތަކާ ގުޅިގެން ޒަމްޒަމް ފާރިޝްވަނީ ދިފާއުގައި ވާހަކަދައްކާފައެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް "އިންޑިއާ އައުޓް" ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކާ ގުޅިގެން އޭނާ ފްރޭމް ކުރަން ބަޔަކު އުޅުނު ކަމަށާއި މިހާރު ވެސް ކުރަން އުޅެނީ އެ މަސައްކަތް ކަމަށެވެ.
ޒަމްޒަމް ފާރިޝްއާ ގުޅޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ