ބިލެއްދޫގެ އާ އިންޖީނުގެ ހުޅުވައިފި

ފ.ބިލެއްދޫގެ އާ އިންޖީނުގެ އާއި އިންޖީނުގޭގެ އޮފީސް އިމާރާތް ހުޅުވައިދެއްވައިފިއެވެ.
މި ދެތަން ހުޅުވައިދެއްވީ، އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިއަދު ހުޅުވި ބިލެއްދޫ އިންޖީނުގެއަކީ މީގެ އަހަރެއްހައި ދުވަސް ކުރިން މަސައްކަތް ފެށި ތަނެކެވެ.
އެ ރަށުގައި ހުޅުވި ފެނަކައިގެ އާ އޮފީހަކީ ކުރީގެ ބާ އޮފީހާއި އަޅާބަލާއިރު ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އޮފީހެކެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބިލެއްދޫއަށް ވަޑައިގަތީ ފ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ފ. އަތޮޅަށް ރައީސްގެ ދެ ކަނބަލުން ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބިލެއްދޫއަށް މިއަދު ހެނދުނު ވަޑައިގެންނެވިއިރު، އިއްޔެ އެމަނިކުފާނު ވަނީ ދަރަނބޫދޫ، މަގޫދޫ، ނިލަންދޫއަށް ވަޑައިގެންފައެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ