ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން އިއްޔެ ކުރި ހުކުމަކީ އެމްޑީޕީން ކުރި މަސައްކަތްތަކަށް ލިބުނު ކާމިޔާބީއެއް ކަމަށް އެ ޕާޓީން ބުނެފި އެވެ.
ސުޕްރީމް ކޯޓުން އިއްޔެ ހުކުމްކުރީ ނަޝީދުގެ މައްޗަށް ނަގަން ނިންމާފައިވާ އިތުބާރު ނެތްކަމުގެ ވޯޓްގެ މައްސަލަ ނައިބު ރައީސް އީވާ އަބްދުﷲ އާ ވެސް ނުލައި ކުރިއަޑް ގެންދެވޭނެ ކަމަށެވެ. ސުޕްރީމް ކޯޓުގެ އެ ހުކުމާ ގުޅިގެން، އެ މައްސަލަ މިހާރު އޮތީ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫލުން ނެރުނު ބަޔާނެއްގައި ބުނީ އެޓީން އެދުނު ގޮތަށް މަޖިލިސް ކުރިއަށް ގެންދިޔުމަށް މަޖިޖީހުގެ އިދާރާގެ މައްޗަށް އަމުރުކުރުކޮށް ޙުކުމްކޮށްފައިވާތ،ީ އެކަމަށްޓަކައ،ި ޕާޓީގެ
އިސްލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި ޕާޓީގެ އެންމެހައި ލޮބުވެތި މެންބަރުންނަށް
މަރުޙަބާ ވެސް ކިޔާ ކަމަށެވެ.
އެމްޑީޕީން ބުނީ ސުޕްރީމް ކޯޓުގެ ޙުކުމަކ،ީ ޤާނޫނުއަސާސީގެ ސިޔާދަތު ކަށަވަރުކޮށްދ،ީ ރާއްޖޭގައި އޮތް ޤާނޫނީ ވެރިކަން
ނަގަހައްޓައި ދިން ހުކުމެއް ކަމަށެވެ. އަދި މިއ،ީރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުން ވަކިކުރުމަށް މި ޕާޓީން ހުށަހެޅި
ޤަރާރުގެ މަސައްކަތް ހުއްޓުވުމުގެ ނިޔަތުގައ،ި މަދު ބަޔަކު ދިވެހި ދައުލަތުގެ އެއްބާރު ކަމަށްވާ މަޖިލީހުގައި
"މަރުތަޅު" އަޅުވާފައި އޮތް އޮތުމަށް ނިމުމެއް ގެނައުމަށްޓަކައި ޕާޓީން ކުރި މަސައްކަތަށް ލިބުނު ފުރިހަމަ ކާމިޔާބީއެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އުންމީދަކ،ީ ކުރިއަށް އޮތް ތަނުގައ،ި ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ޚިލާފު އެއްވެސް ކަމެއް މަޖިލީހުގެ
އިދާރާއިން ނުކުރުން. އަދި އެއްވެސް ފަރާތަކުނ،ް ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީނ،ް ރައްޔިތުންގެ މަޖިލީހުގެ
އަޣުލަބިއްޔަތުން ކަންކަން ނިންމުމަށް ހުރެސް އެޅިދާނެ ފަދައަކުން ކަންކަން ނުކުރުން.' ބަޔާނުގައި ބުންޏެވެ.
އެެމްޑީޕީގެ ޕީޖީ ގްރޫޕުން ބުނީ ދިވެހި ރައްޔިތުންގެ އެންމެހައި ހައްގިތައް ރައްކާތެރިވ،ެ ޤާނޫނުއަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުން މަތީ ދެމިތިބޭނެ ކަމަށެވެ.
"އަދި އެމަސައްތަކަށް ހުރަސްއެޅުމަށް ކުރެވޭ ކޮންމެ ކަމެއް ހުއްޓުވުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއްމެ ކުރަމުން ގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަރުވަން." ބަޔާނުގައި ބުންޏެވެ.
ސުޕްރީމް ކޯޓުގެ ހުކުމަކީ ކާމިޔާބީއެއް: އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ