ޤާތިލުންނަށް އަދަބު ލިބޭނެ ދުވަހެއް އަންނާނެ، ދުވަހަކު ވެސް މައާފެއް ނުކުރާނަން

އޭނާގެ ބައްޕަ, އަހުމަދު ނަޖީބުގެ އަވަހާރަކޮށްލި ޤާތިލުންނަށް ދުވަހަކު ވެސް މައާފު ނުކުރާނެ ކަމަށް ނަޖީބުގެ ދަރިފުޅު, މަޝްހޫރު ފިލްމީ ތަރި ޝީލާ ނަޖީބު ބުނެފި އެވެ.
ޝީލާ އެކަން ހާމަކުރީ އޭނާގެ ބައްޕައާ ގުޅޭގޮތުން މީހަކު ލިޔެފައިވާ ޅެމެއް އޭނާގެ އަޑުން ހިއްސާކޮށް ކުރި ޕޯސްޓެއްގަ އެވެ. 
ނަޖީބަކީ މޮޅު ލިޔުންތެރި އެކެވެ. އަދި ޤާނޫނީ ވަކީލެކެވެ. ނަޖީބު އަވަހާރަކޮށްލީ ޖުލައި 1, 2012 ގަ އެވެ. އޮޅުވާލައިގެން މ. މަސްރޫރާ, ގެއަށް ގެންގޮސް ނަޖީބު އަވަހާރަކޮށްލީ ވަރަށް އިހާނެތިކޮށެވެ. ނަޖީބުގެ ހަށިގަނޑުގައި ފުން ޒަހަމުތަކެއް ހުއްޓެވެ. 
Advertisement
އޭނާގެ ހަށިގަނޑު ފެނުނީ ބޮޑު ޑަސްބިނެއްގެ ތެރެއިންނެވެ. 
އެ މައްސަލާގައި ޝާމިލުވާ ދެ މީހުން ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ތަހުގީގު ހިންގާ ދައުވާ އުފުލާ ޝަރީއަތް ކުުރުމަށް ފަހު އެ ދެ މީހުން ވެސް ކުށްވެރިވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އެއީ މ. މަސްރޫރާ، އަހުމަދު މުއްރަތާއި އޭނާ އޭރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ބުނާ ށ. ގޮއިދޫ ރިހާބް، ފާތިމަތު ހަނާ އެވެ. އޭރު އޭނާގެ އުމުރަކީ 18 އަހަރެވެ.
ބައްޕަގެ ހަނދާން އައުކޮށް ޝީލާ ބުނީ އޭނާގެ ބައްޕަ އަވަހާރަކޮށްލި މީހުންނަށް މި ދުނިޔޭގައި އަދަބު ނުލިބުނު ނަމަވެސް އަދަބު ލިބޭނެ ދުވަހެއް އަންނާނެ ކަމަށެވެ. 
"މި ނުލަފާ އަމަލު ކުރި ޖައްބާރުންނަށް ދުވަހަކު ވެސް މައާފު ނުކުރާނަން," ބައްޕައާ ގުޅޭ ޅެމެއް ވަރަށް އަސަރާއެކު ޝީލާގެ އަޑުން ހިއްސާކޮށްފައިވާ ވީޑިއޯއާ އެކު ލިޔެފައިވެ އެވެ.
ނަޖީބު އަވަހާރަކޮށްލި މައްސަލާ ގައި މުއްރަތާއި ހަނާ މަރަން ހުރިހާ މަރުހަލާ އަކުން ވަނީ ނިންމާފަ އެވެ. އެ ދެ މީހުން ކުށްވެރިވަ ކަމަށް ކަނޑައަޅާ މަރަން ދަށު ކޯޓުން ކުރި ހުކުމަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދު ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ