ފިރިމީހާގެވެސް ދަރިންގެވެސް ލޯބި ނުލިބި އަބަދު ހިތްދަތިކަމުގައި އުޅެންޖެހުން ނުވަތަ ބޮޑު ބައްޔެއްގައި ވޭން އަޅަމުން ދިގު މުއްދަތެއްގައި އުޅެންޖެހުން ފަދަ ޙާލަތެއް ކުރިމަތިވުމުން އަވަހަށް މަރުވޭތޯ ދުޢާކުރުން ހުއްދަވާނެތޯ؟
ތިރީގައިވާ ލިޔުމުން ކިޔުންތެރިޔާގެ ސުވާލަށް ޖަވާބެއް ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. އިން ޝާ ﷲ
އެއްވެސް މުއުމިނަކަށް މަރުވުމަށް އެދުން ހުއްދައެއް ނުވާނެއެވެ. ވީމާ ތިމާ މަރުވުމަށް އެދުމަކީ ގޯސްކަމެކެވެ. އެހެންނަމަވެސް، އެމީހާއަށް ދިމާވެފައިވާ ބޮޑުކަމެއްގެ ސަބަބުން، ނަފްސަށް މަޖުބޫރުވެ ކޮންމެހެންވެސް އެކަމަށް އެދެވޭގޮތްވާނަމަ، އެކަމާއިގުޅިގެން ވާރިދުވެފައިވާ ދުޢާއިން ﷲ ތަޢާލާއަށް ދުޢާކުރާށެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ.
"ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު އެމީހަކަށް ކުރިމަތިވެފައިވާ ގެއްލުމެއްގެ ނުވަތަ ދަތިކަމެއްގެ ސަބަބުން މަރުވުމަށް ނޭދޭހުށިކަމެވެ. ފަހެ އެމީހަކީ ކޮންމެހެންވެސް އެކަމަށް އެދެވޭމީހަކަށްވާނަމަ، އެމީހަކު މިފަދައިން ބުނާހުށިކަމެވެ.
އޭ ﷲ! ދިރިހުރުމަކީ މި އަޅާއަށް އެއްމެ ހެޔޮގޮތް ކަމުގައިވާނަމަ، މި އަޅާ ދިރި ދަމަހައްޓަވާފާންދެއެވެ. އަދި މަރުވުން އެއީ މިއަޅާއަށް އެއްމެ ހެޔޮގޮތް ކަމުގައިވާނަމަ މިއަޅާ މަރުގަންނަވާފާންދެވެ." – މި ޙަދީޘް ރިވާކުރެއްވީ އިމާމް ބުޚާރީ ރަޙިމަހުﷲ
- ބިލާލް ޢަބްދުއްސައްތާރު
ކިތަންމެ ބޮޑު ތަކްލީފެއްގަ އުޅެންޖެހުނަސް، ކިތަންމެ ބޮޑު ހިތްދަތިކަމެއްގަ އުޅެންޖެހުނަސް، ކިތަންމެ ބޮޑު ބައްޔެއްގަ އުޅެންޖެހުނަސް މަރުވުމަށް އެދުމެއް ނެތް! އޮތީ މިފަދައިން ދުޢާކުރުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ