އަޟްހާ އީދު ދުވަހުގެ ހަވީރު މާލެ ސަރަހައްދުގެ މަގުތަކުގައި ވެހިކަލް ދުއްވުން، މާލެ ސިޓީ ކައުންސިލުން މަނާކޮށްފިއެވެ.
މި އަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން އީދު ދުވަހު މާލެ ސަރަަހައްދުގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށްފައިވަނީ އީދު ދުވަހު ހަވީރު 16:00 އިން 18:00 އާއިހަަމައަށެވެ.
ނަމަވެސް ވެހިކަލް ދުއްވުން މަނާގަޑިތަކުގައި އެމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ޚާއްޞަ ސްޓިކަރމާލެސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތާއި ބެހޭ ބައިން ދޫކުރާނޭކަމަށް ސިޓީ ކައުްނސިލުން ބުނެއެވެ. ފާސް ދޫކުރުމަށް ނިންމާފައިވަނީ ޖޫންމަހުގެ 6 ވާ ހުކުރު ދުވަހުގެ ހެނދުނު 08:30 އިން 10:30 އަށް އަދި މެންދުރުފަހު 14:00އިން 15:45 އަށެވެ.
މާލެސިޓީ ކައުްނސިލުން ކުރި އާއްމު އިއުލާނުގައި ބުނެފައިވަނީ، އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ހަމަޖެހިފައިވާ އުސޫލުގެ މަތިން ޤާނޫނީ ފިޔަވަޅު އަޅާނޭކަމަށެވެ. ކޮންމެ އަހަރެއްގެވެސް އީދު ދުވަހާ ދިމާކޮށް ހަވީރު ގަޑިތަކުގައި އުޅަނދުފަހަރު ދުއްވުން މަނާކުރެއެވެ. މިކަން މިގޮތަށް ހަމަޖެއްސުމުގެ މައިގަނޑު ސަބަބަކީ އާއިލާތަށް ކުދިވެރިން ގޮވައިގެން އަމާންކަމާއެކު މަގުމަތީގައި ހިނގާބިނގާވެ އުޅުމުގެ ފުރުސަތު ފަހިކޮށްދިނުންކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ