ދެ ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުންގެ ގޮތުގައި އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި ދެ ބޭފުޅުންނަށް، ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
މިއަދުގެ ޖަލްސާގައި ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އިރުތިޝާމް އާދަމް، އަޔަލެންޑްގެ ނޮން ރެޒިޓެންޑް ސަފީރަކަށް ކަނޑައެޅުމަށް މަޖިލީހުން ވަނީ ރުހުން ދީފައެވެެ. މީގެ އިތުރުން ރާއްޖެއިން ބެލްޖިއަމްއަށާއީ ޔޫރަޕިއަން ޔޫނިއަން އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގީލާ އަލީ، ޔޫކްރޭންގެ ނޮން ރެޒިޓެންޑް ސަފީރަކަށް އައްޔަކުރުމަށް މަޖިލީހުން ވަނީ ރުހުން ދީފައެވެ.
މި ދެ ބޭފުޅުންވެސް އެ މަގާމަށް އައްޔަންކުރުން ފެންނަ ކަމަށް 66 މެންބަރުން ވޯޓުދެއްވިއިރު ނުފެންނަކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
ޑިޕްލަމެޓް އަދި ސިޔާސީ ދާއިރާގައި 25 އަހަރު މަސައްކަތް ކުރައްވާފައިވާ އިރުތިޝާމް އާދަމް ވަނީ ޖަރުމަނާއި، އިޓަލީ، ތުރުކީ އަދި ސުވިސަލޭންޑްގެ އެމްބެސިޑަރުކަން ކުރައްވާފައެވެ. 30 އަހަރަށްވުރެ ގިނަ އަހަރު ސިއްހީ އަދި ފޮރިން ސާވިސްގެ ދާއިރާގައި މަސައްކަތްކުރައްވާފައިވާ ގިލާވަނީ ޖެނީވާގައި ހުންނަ އދ.ގެ ރާއްޖޭގެ މިޝަންގެ މިނިސްޓަރުކަމުގެ އިތުރުން، ޗާޖް ދި އެފެއާޒްގެ މަގާމު އަަދާކުރައްވާފައެވެ.
ދެ ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރުމަށް މަޖިލީހުން ރުހުންދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ