ތަރުހީބު ކުޑަވުމުން ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އަލުން ހުޅުވާލައިފި

ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ހޯދުމަށް ކުރި އިއުލާނުގެ ސުންގަޑި ހަމަވިއިރު އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައިނުވާތީ، އަލުން ފުރުސަތު ހުޅުވާލައިފި އެވެ.
އޭސީސީން ޖިނާއީ ތަހުގީގެއް ފެށުމާއެކު ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓްގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކޮށްފަ އެވެ. އޭގެ ތެރޭގައި ހުސްނުއްސޫއުދު ވެސް ހިމެނިވަޑައިގަންނަވަ އެވެ. މައްސަލަ ބަލަަން ފެށުމުން ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ނުފޫޒު ފޯރުވާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް ވެސް ކުރެއްވި އެވެ.
ސުއޫދު އިސްތިއުފާ ދެއްވުމުން ހުސްވި ފަނޑިޔާރު ކަމުގެ މަގާމަށް ހުޅުވާލި އެވެ. އެ މުއްދަތު ހަމަވީ މިއަދު ހެނދުނު 11 ޖެހިއިރު އެވެ. ވަގުތު ހަމަވިއިރު ކުރިމަތިލެއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މަރިޔަމް ނިހާޔަތު އެކަންޏެވެ.
Advertisement
ޖޭއެސްސީން ބުނީ ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ހޯދުމަށް ކުރި އިއުލާނުގެ ސުންގަޑި ހަމަވިއިރު އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައިނުވާތީ، އަލުން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. 
މި ފަހަރު ފުރުސަތު ހުޅުވާލާފައި އޮތީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ކުރީން ހުށައެޅި އެޕްލިކޭޝަން ބާތިލުނުވާނެ ކަމަށް ވެެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ