ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފި

އިލެކްޝަންސް ކޮމިޝަން(އީސީ) އިން އާއްމު ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ކޮމިޝަނުން ހުޅުވާލައިފިއެވެ.
އީސީން ވަނީ 2024 ޑިސެމްބަރު 31 އާއި ހަމައަށް މި ކޮމިޝަނަށް ލިބިފައިވާ ސިޔާސީ ޕާޓީތަކުގެ ދަފްތަރު ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރު ކުރެވިފައިވާ ފަރާތްތަކުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި މެންބަރުންގެ މައުލޫމާތު ހިމެނޭ ލިސްޓެއް މިއަދު އާއްމު ކޮށްފައެވެ.
އެހެންކަމުން އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ކޮމިޝަނުން ވަނީ ހުޅުވާލައިފައެވެ.
މިއަދު އީސީން ކުރި އިއުލާނެއްގައި މބުނީ މި ލިސްޓަށް ޝަކުވާ ހުށަހަޅާނީ މައި ޕޯޓަލް (my.elections.gov.mv) ނުވަތަ ޝަކުވާ ޕޯޓަލް (ppr.elections.gov.mv) މެދުވެރިކޮށް އޮންލައިންކޮށް ކަމަށެވެ.
އެ ލިސްޓު ކޮމިޝަނުގެ ވެބްސައިޓު (www.elections.gov.mv) ގައި އާއްމުކޮށް ފެންނަން ހުންނާނެ ކަމަށް ވެސް އިލެކްޝަނުން ބުންޏެވެ.
ޝަކުވާ ޕޯޓަލް (ppr.elections.gov.mv) މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާއިރު، ޝަކުވާ ހުށަހަޅަން އެދޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި އިލެކްޝަންސް ކޮމިޝަނުގެ ޝަކުވާ ޕޯޓަލްގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަކޮށް ސާފު ފޮޓޯއެއް ހުށަހަޅަންވާނެ ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ.
އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ މިއަދުން ފެށިގެން އަންނަ ފެބުރުވަރީ 10 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ