ރާއްޖެއަށް އެތެރެކޮށް ބޮންޑެޑް ވެއާހައުސްތަކެއްގައި ބަހައްޓާފައި ހުއްޓައި ވަގަށް ސިނގިރޭތުތަކެއް ބޭރުކުރި މައްސަލައިގައި 67.9 މިލިއަން ރުފިޔާ ކޯޓު މެދުވެރިކޮށް ނަގައިދިނުމަށް އެދި ކަސްޓަމްސް ސާވިސްއިން ބަންޑާރަ ނައިބުގެ އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.
ކަސްޓަމްސްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ވަގަށް ސިނގިރޭޓު ބޭރު ކޮށްފައި ވަނީ އެގްޒޯޓިކް އެންޓަޕްރައިޒެސް ބޮންޑެޑް ވެއާހައުސްއިންނާއި އެސްޖީއެމް ބޮންޑެޑް ވެއާހައުސްއިން ކަމަށެވެ.
އޭގެ ތެރެއިން އެގްޒޯޓިކް އެންޓަޕްރައިޒެސް ބޮންޑެޑް ވެއާހައުސްއިން ކެލަމް ޔެލޯ މަރުކާގެ 165 ސިނގިރޭޓާއި އެމެރިކަން ލެޖެންޑް މަރުކާގެ 110 ކޭސް ސިނގިރޭޓާއި މެންޗެސްޓާ ރޯޔަލް ރެޑް މަރުކާގެ 300 ކޭސް ސިނގިރޭޓު ވަގަށް ނެރެފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
އެސްޖީއެމް ބޮންޑެޑް ވެއާހައުސްއިން އެމެރިކަން ލެޖެންޑް މަރުކާގެ 250 ކޭސް ސިނގިރޭޓާއި އަފްޒަލް މޮލާސެސް މަރުކާގެ 130 ކޭސް ޕައިޕް ޓޮބޭކޯގެ ވަގަށް ނެރެފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.
އެ ދެ މައްސަލަ ފުލުހުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.
ބަންޑާރަ ނައިބުގެ އޮފީހުގައި ކަސްޓަމްސްއިން އެދިފައި ވަނީ ވަގަށް ސިނގިރޭޓު ބޭރުކުރި މައްސަލައިގައި އެގްޒޯޓިކް އެންޓަޕްރައިޒެސް ބޮންޑެޑް ވެއާހައުސްއިން 47.1 މިލިއަން އަދި އެސްޖީއެމް ބޮންޑެޑް ވެއާހައުސްއިން 20.7 މިލިއަން ރުފިޔާ ކޯޓު މެދުވެރިކޮށް ހޯދައިދިނުމަށެވެ.
ވަގު ސިނގިރޭޓު މައްސަލައިގައި 67.9 މިލިއަން ރުފިޔާ ހޯދައިދޭން ކަސްޓަމްސްއިން އެދިއްޖެ ވަގު ސިނގިރޭޓު މައްސަލައިގައި 67.9 މިލިއަން ރުފިޔާ ހޯދައިދޭން ކަސްޓަމްސްއިން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ