މިހާރު ކުރިއަށްދާ 12 ވަނަ ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އުމުރުފުރާ ޑިވިޝަންތަކުގެ ފައިނަލްތައް ފޯރިގަދަ ކުރިމަތިލުންތަކަކުން ނިމިގެން ގޮސްފި އެެވެ.
މުބާރާތުގެ 19 އަހަރުން ދަށުގެ ފިރިހެން ފައިނަލުގައި އަހުމަދު މައިޝާން ވަނީ 17-19، 16-18 އިން މީކާއީލް ބިން މަދަދުﷲ ބަލިކޮށްފަ އެވެ. އަދި މި އުމުރުގެ ތިން ވަނަ ހޮވި މެޗުގައި، އަހުމަދު ނައިޝަމް ނާސިހު ވަނީ 25-09 އިން އަބްދުﷲ ކިޔާން ބިން ޝާޒް އަތުން މޮޅުވެފަ އެވެ.
މި އުމުރުފުރާގެ އަންހެން ބައިގައި އައިޝަތު އަލީޝާ ވަނީ 13-20، 19-07 އަދި 15-20 އިން ޒިއުނާ ބިންތި ނަޝީދު އަތުން މޮޅުވެފަ އެވެ. މި ޑިވިޝަނުގެ، ތިން ވަނަ ހޮވި މެޗުން އައިޝަތު ރީމް ވަނީ 05-24 އިން ޒުލައިހާ ލީން ހުސެއިން އަތުން މޮޅުވެފަ އެވެ.
އެ ގޮތުން، 15 އަހަރުން ދަށުގެ އަންހެން ފައިނަލުގައި ޒިއުނާ ބިންތި ނަޝީދު ވަނީ 24-08 އިން އައިޝަތު އަލީޝާ ނާފިއު ބަލިކޮށްފަ އެވެ. އަދި މި އުމުރުގު ފުރާގެ ތިން ވަނަ ހޮވި މެޗުގައި، އައިޝަތު ރީމް ވަނީ 25-04 އިން ސޯފިޔާ ސުނާން ޝާކިރުގެ މައްޗަށް ކުރިހޯދައިފަ އެވެ.
ފަނަރަ އަހަރުން ދަށުގެ ފިރިހެން ފައިނަލުގައި އަހުމަދު ޝަމާލް ސައުދުﷲ ވަނީ 20-14 އިން އަޒްލާން އައުޒަލް ބަލިކޮށްފަ އެވެ. މި އުމުރުފުރާގެ ތިން ވަނަ ހޮވަން ކުޅުނު މެޗުގައި، އަބްދުލް މާލިކް ހަަސަން އަބްދުލް ލަތީފް ވަނީ 25-08 އިން އާކިފް އިބްން އިކްލީލް އައްބާސް ބަލިކޮށްފަ އެވެ.
ކެރަމް އެސޯސިއޭޝަން ކަޕްގެ އުމުރުފުރާ ފައިނަލްތައް ފޯރިގަދަ ކެރަމް އެސޯސިއޭޝަން ކަޕްގެ އުމުރުފުރާ ފައިނަލްތައް ފޯރިގަދަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ