ތަޢުލީމާބެހޭ ވުޒާރާއިން އަމިއްލައަށް އިސްނަގައިގެން ކުޑަކުދީންގެ ދުވަސް ފާހަގަކުރަނީ

ތަޢުލީމާބެހޭ
ވުޒާރާއިން އިސްނަގައިގެން ހުރިހާ ސްކޫލަކަށް ވެސް އެހީ ފޯރުކޮށްދީގެން މި އަހަރުގެ
ކުޑަކުދީންގެ ދުވަސް މުޅި ރާއްޖޭގައި ފާހަގަ ކުރަން ރާވާކަމަށް ތަޢުލީމާބެހޭ ވުޒާރާއިން
ހާމަކޮށްފިއެވެ.
ތަޢުލިމާބެހޭ
ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި
ވާހާކަދައްކަވަމުން ވިދާޅުވި ގޮތުގައި، އެ ވުޒާރާއިން އިސްނަގައިގެން
ފުރަތަމަފަހަރަށް ޤާއުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް މިއަހަރު
ފާހަގަކުރުމަށް މަސައްކަތްކުރަމުން ދާ ކަމަށާއި، ސްކޫލުތަކުގައި
އަބަދުވެސްކުލަގަދަކޮށް ކުޑަކުދިންގެ ދުވަސް ފާހަގަކުރި ނަމަވެސް މިހާރުގެ
ވިސްނުމަކީ ކުޑަކުދީންގެ ދުވަސް ފާހަގަކުރާއިރު ކުދީންނާއި އެކުދީންގެ އާއިލާވެސް
ހިމަނައިގެން ވަރަށް ފުޅާ ދާއިރާއެއްގައި އެ ދުވަސް ފާހަގަކުރުން ކަމަށެވެ.
މި ޙަރަކާތާއި
ގުޅިގެން "ވޮއިސް" އަށް މަޢުލޫމާތު ދެމުން ތަޢުލީމާބެހޭ ވުޒާރާއިން
ބުނީ، މި ޙަރަކާތް، މުޅި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި
ބޭއްވުމަށް ރޭވިފައިވާއިރު، އެ ރަށެއްގެ ސުކޫލުން ރާއްވާވާ ގޮތެއްގެ މަތިން
ޙަރަކާތްތައް ރާވާލެވިގެން ކުލަ ގަދަގޮތެއްގައި ބޭއްވުމަށް ހުރިހާ ސްކޫލުތަކަކާވެސް
މިހާރު ވާހަކަ ދެކެވިފައިވާ ކަމަށާއި، މާލޭގައި، ސްކޫލުތައް ގުޅިގެން ފަސް
ސަރަހައްދެއްގައި  ޚާއްސަ ހަރަކާތްތަކެއް
ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.  
Advertisement
އެގޮތުން ވިލިމާލެއާއި
މާލޭގެ ތިން ސަރަހައްދެއްގެ އިތުރުން ހުޅުމާލޭގައި ކުޑަކުދީންގެ ދުވަހުގެ
ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށްފައިވެއެވެ.
މާލޭގައި
ކުޑަކުދިންގެ ދުވަސް ފާހަގަކުރާ ސަރަޙައްދުތައް
- ހުޅުމާލެ ސެންޓްރަލް
ޕާކް
- މުހިޔިއްދީން
ސްކޫލް
- ރަސްފަންނު
- ހެންވޭރު
ދަނޑު
- ޖުމްހޫރީ
މައިދާން، އިސްލާމީ މަރުކަޒު ސަރަހައްދު.
މީގެ
އިތުރުން ތަޢުލީމީ ވުޒާރާއިން ނެރެފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގައި މި
އިވެޓްތަކުގައި ކުޑަކުދިންނާ ގުޅޭ ޝަޢުގުވެރި ތަޢުލީމީ ހަރަކާތްތަކާއި، މަޖާ
ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭނެއެވެ. އަދި ކުޑަކުދިންނަށް
އެކުދިންގެ ޙައްޤުތަކާ ގުޅޭ މަޢުލޫމާތުދީ، އެކުދިންނާ މެދު ޤައުމުގެ ތަޞައްވަރު
ކިޔާދިނުމަށް ހަމަޖެހިފައިވެއެވެ.
އެ ވުޒާރާއިން
މަޢުލޫމާތު ދޭ ގޮތުގައި އެދުވަހުގެ ޙަރަކާތްތަކުގައި ވުޒާރާގެ
މުވައްޒަފުންވެސް ޙަރަކާތް ހިންގުމުގައި އެކި ސަރަޙައްދުތަކުގައި ބައިވެރިވާނެއެވެ.
އަދި މިދުވަސް މިފަދަ ގޮތަކަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރެއްވުމަކީ ވަޒީރު އިރުޝާދުގެ
ދަށުން ރޭވިގެންއަންނަ ޙަރަކާތެއް ކަމަށާއި، މި ޙަރަކާތް ވީ އެންމެ ފުރިހަމައަކަށް
ގެންދިއުމަކީ ވުޒާރާގެ އަމާޒުކަމުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ