އެމެރިިކާގެ ބޮޑު ޓެރިފް 90 ދުވަހަށް މެދުކަނޑާލައި %10އަށް ހަދައިފި

ދުނިޔޭގެ ބާޒާރަށް ހީނަރުކަން ކުރިމަތިވުމުން އެމެރިކާ އިން ދުނިޔޭގެ ގައުމަތަކުން ނަގަން އިއުލާން ކުރި ބޮޑު ޑިއުޓީ ޓެރިފް 90 ދުވަހަށް ފަސްކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ. ނަމަވެސް ޗައިނާ އިން ނަގާ ޑިއުޓީ ވަނީ %125އަށް ބޮޑުކޮށްފައިވެ އެވެ.
މިއީ އެމެރިކާ އާއި ޗައިނާއާ ދެމެދު ހިނގި އަދި ހިނގަމުން އަންނަ ވިޔަފާރީގެ ހަނގުރާމާގައި ދުނިޔޭގެ އެހެން ގައުމުތަކުގެ ރުހުން ހޯދުމަށް ކުރި ކަމެއް ކަމަށް ބެލެވެ އެވެ.
އެ އިއުލާނާ އެކު އެސްއެންޑްޕީ 500 ސްޓޮކް އިންޑެކްސް ވަނީ %9.5 އުފުލިފަ އެވެ. ނަމަވެސް ޓްރަމްޕްގެ ޓެރިފްތަކާ ބެހޭ ޑްރާމާ އަދިވެސް ނިމުކަމަށް ނާދެ އެވެ. އެމެރިކާ ސަރުކާރުން ތައްޔާރުވަމުން އަންނަނީ ވަކިވަކި ގައުމުތަކާ އެކު ޓެރިފްގެ ކަންކަމުގައި މަޝްވަރާ ކުރުމަށެވެ.
ޓެރިފަށް ގެނައި ބަދަލު 90 ދުވަހަށް ފަސްކުރި ގައުމުތަކުން މިހާރު ވެސް %10 ޓެރިފް ނަގާނެ އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެއްވެސް ކަމެއް އަދި ނުނިމޭ ކަމަށާއި ނަމަވެސް ޗައިނާގެ އިތުރުން އެހެން ގައުމުތަކުން ވެސް ވަރަށް ބޮޑު ހިތްވަރެއް ލިބިފައިވާ ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ މިއީ ކިހާވަރެއްގެ ކަމެއްކަން ޗައިނާއަށް ނޭނގޭ ކަމަށާއި ނަމަވެސް އެ މީހުން ވެސް އެއްބަސްވުމަކަށް އަންނަން ބޭނުންވާ ކަމަށެވެ.
ވައިޓް ހައުސްގެ އޮފިޝަލަކު ސީއެންއެނއަށް ވިދާޅުވީ މެކްސިކޯ އާއި ކެނެޑާއަށް އޮންނާނީ %10 ޓެރިފް ނޫން ކަމަށެވެ. އެ ދެ ގައުމުން އެމެރިކާއަށް އެތެރެ ކުރާ ކޮންމެ މުދަލަކުން %25 ޓެކްސް ނަގަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ