އަދުނާން މެންކުގެ ދަރުސްތައް ފަށައިފި، ވޮއިސް އިން ލައިވް ކުރާނެ

ޒިންބާބުވޭއަށް ނިސްބަތްވާ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އަދުނާން މެންކުގެ ޚާއްސަ ދަރުސްތައް މިއަދު ފަށައިފި އެވެ.
ޝެއިހް އަދުނާން ގެނެސްފައި ވަނީ ރާއްޖޭގައި ދީނީ ހޭލުންތެރި ކަމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ އަލް އަސްރު ޖަމިއްޔާ އިންނެވެ.
ޝެއިހް އަދުނާންގެ މި ދަތުރުގައި ހުޅުމާލެ ރަޝީދު މިސްކިތުގައި ދީނީ ދަރުސްތައް ކުރިއަށް ގެންދަވާނެ އެވެ. މިއަދު ވަނީ ދަރުސްތައް ފަށާފަ އެވެ. ދަރުސްތައް އޮންނާނީ ކޮންމެ ދުވަހެއްގެ އަސްރު ނަމާދަށް ފަހު އެވެ.
Advertisement
މި ދަރުސްތައް ވޮއިސް އިން ކޮންމެ ދުވަހަކު ވަގުތުން ގެނެސްދޭނެ އެވެ.
މީގެ އިތުރުން ޝެއިހް އަދުނާން ބައިވެރިވެވަޑައިގަންނަވާ ހާއްސަ ފޯރަމެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އަސްރުން ކުރިން ވަނީ ޒިންބާބުވޭއަށް ނިސްބަތްވާ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އިބްރާހިމް މެންކު ވެސް ރާއްޖެ ގެންނަވާފަ އެވެ. 
އަސްރުން ގެންދަނީ ވަރަށް ގިނަ ދީނީ ހަރަކާތްތައް ބާއްވަމުންނެވެ. އެ ގޮތުން ސިލްސިލާ ގޮތެއްގައި ބޮޑެތި ދަރުސްތަކާއި ތަފާތު ވޯކްޝޮޕްތައް ބާއްވަމުން ގެންދެ އެވެ. "އަގީދާ" އަދި "އައްޑަނަ" ނަމުގައި ކުރިއަށް ގެންދާ ވޯކްޝޮޕްތައް ފާހަގަކޮށްލެވެ އެވެ.
މީގެ އިތުރުން އެ ޖަމިއްޔާ އިން ވަނީ އަސްރު ޕަބްލިކޭޝަންގެ ދަށުން ވަރަށް ގިނަ ފޮތްތައް ވެސް ނެރެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ