އޭއޯ ރޯދައިގެބަދިގެ: ސޯއި ގާލިކް ޗިކެން ވާހަކަ: ބަދުނާމު ޓްރެފިކް ބާރު ބޮޑުވާ ސަރަހައްދުތަކުން 400 އަށް ވުރެ ގިނަ އުޅަނދު ނަގައިފި ހުޅުމާލެ ރަޝީދު މިސްކިތުގައި ތަރާވީހު ނަމާދު ކުރައްވާނީ ޝަހީމްގެ ދެބަފައިން މަގުބޫލު ލިޔުންތައް ގއ. އަތޮޅު ހޮސްޕިޓަލުން މާބަ

ބާޒާރުގައި އެންމެ އަގުހެޔޮކޮށް ތަކެތި ލިބެންހުރި ފިހާރަތައް ދެނެގަނެވޭނެ “އަގު މަގު ޕޯޓަލް” އިކޮނޮމިކް މިނިސްޓްރީން ލޯންޗުކޮށްފިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެ ޕޯޓަލުން އަގުތައް ފެންނަން ހުންނާނީ އިކޮނޮމިކް މިނިސްޓްރީގެ އިންސްޕެކްޝަން ޓީމުތަކުން، ކޮންމެ ހަފުތާއަކު ފިހާރަތަކަށާއި ބާޒާރުތަކަށް ގޮސް އެއްކުރާ މައުލޫމާތުގެ މައްޗަށް ކަމަށެވެ. މި އެޕްލިކޭޝަންގެ ބޭނުމަކީ ރައްޔިތުންނަށް ލައިފަސޭހަކޮށް ގޭތެރޭގައި ކެއިންބުއިމަށް ބޭނުންކުރާ ކާބޯތަކެތި ލިބޭނެމަގު ފަހިކޮށްދިނުނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ޕޯޓަލުގައިވާ އަސާސީ ކާބޯތަކެއްޗަކީ ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އަސާސީ ކާބޯތަކެތި ކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ ލިސްޓެއް ކަމަށެވެ. މި އަގުތަކަކީ މިވަގުތު ބާޒާރުގައި ލިބެންހުރި، އެ މިނިސްޓްރީގެ ސާމްޕަލްތަކުން ދައްކާ އެންމެ ހެގުހެޔޮ ތަކެތި ކަމަށާއި އަދި ފޯޓަލުން މި ވަގުތު ފެންނަން ހުންނާނީ މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ތަކެތި ލިބެންހުރި އަގުތައް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އިތުރަށް މިނިސްޓްރީން ބުނީ ވަރަށް އަވަހަށް އަތޮޅުތަކުގެ ރަށްތަކުގެ އަގުތައް ވެސް އެ ޕޯޓަލްގައި ހިމަނާނެ ކަމަށެވެ. މިވަގުތު އަގުތައް މޮނީޓާ ކުރަމުންދަނީ މާލެ ސަރަހައްދުގެ ފޭސް އެކެއް އަދި ދޭއް ހިމެނޭގޮތަށްކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ކުރިއަށް އޮތް ތަނުގައި އަތޮޅުތެރޭގެ ރަށްތައް ހިމެނޭގޮތަށް އެ މަސައްކަތް ފުޅާކުރަން ރާވާފައިވާ ކަމަށެވެ،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ