ބާޒާރުގައި ތަކެތީގެ އަގު ފެންނަ ޕޯޓަލްއެއް އިކޮނޮމިކް މިނިސްޓްރީން ތައާރަފްކޮށްފި އެވެ.
ވީ ކިހިނެއް؟ - 'އަގުމަގު'ގެ ނަމުގައި ތައާރަފްކުރި އެ ޕޯޓަލްގައި ހިމެނޭ އަގުތަކަކީ ރެންޑަމް އިންސްޕެކްޝަނާއި ބައިވެރިވާ ވިޔަފާރިތަކުން ހިއްސާކުރާ މައުލޫމާތަށް ބަލައިގެންނެވެ.
ޕޯޓަލްގައި ބުނެފައިވާ ގޮތުގައި މިވަގުތު ފެންނަން ހުންނާނީ ހަމައެކަނިި މާލެ ސަރަހައްދުގައި ތަކެތި ވިއްކާ އަގުތަކެވެ.
އެގޮތުން އަގު ބަލައިލެވޭ ބައެއް ތަކެތީގެ ތެރޭގައި ކުޑަކުދިންގެ ކާނާ، މަހާއި މަހުގެ އުފެއްދުންތައް، މޭވާ އާއި ތަރުކާރީ އަދި ގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ހިމެނެ އެވެ.
ތަފްސީލު - އަގުމަގު ޕޯޓަލްގައި އަގު ބަލަން ބޭނުންވާ ތަކެތީގެ ނަން 'ސާޗު' ކުރެވޭނެ ގޮތާއި ޕޯޓަލްގައި ތަކެތި ލިސްޓުކޮށްފައިވާ ތިން ކެޓަގަރީ ފިލްޓާ ކޮށްގެން ބެލޭނެ ގޮތް ފަހިކޮށްދީފައިވެ އެވެ.
ތަކެތީގެ އަގު ލިސްޓުކޮށްފައިވަނީ:
އެ އުފެއްދުމެއްގެ އެކި ބްރޭންޑު ނުވަތަ ބާވަތްތަކުގެ އަގު ވެސް ބަލައިލެވޭ ގޮތަށް
ވިއްކާ ފިހާރަ އެނގޭނެ
ޕޯޓަލްއަށް އެންމެ ފަހުން އަގު އެންޓާ ކުރި ތާރީހު ވެސް ފެންނާނެ
އަގުމަގު: ބާޒާރުގައި ތަކެތީގެ އަގު ފެންނަ ޕޯޓަލްއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ