ބްރޯޑްކޮމްގެ ނައިބަކަށް ޝިފްލާ އިންތިހާބުކޮށްފި
ބްރޯޑްކާސްޓިން ކޮމިޝަންގެ ނާއިބު ރައީސް މަގާމު ހުސްވެފައިވާތީ އެ މަގާމަށް މަގާމަށް އެ ކޮމިޝަންގެ މެމްބަރު ޝިފްލާ އިބްރާހިމް އިންތިހާބުކޮށްފި އެވެ.ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަހްމަދު ފަޒީން މިދިޔަ މަހު 17ގައި އެ ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.ފަޒީން މަގާމުން އިސްތިއުފާ ދެއްވީ ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފެށުމާ އެކު އެވެ. ކުރިން ޕީއެސްއެމާއި ސަންގު ޓީވީގައި ވެސް މަސައްކަތްކޮށްފައިވާ ޝިފްލާ ބްރޯޑްކޮމްގެ މެމްބަރުކަމަށް އައްޔަންކުރީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ.ބްރޯޑްކޮމްގެ ރައީސަކީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މެންބަރު ކަމަށް އައްޔަންކުރި ސަފާ ޝަފީގެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ