މަނީލޯންޑަރީންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ ކުރީގެ ރައީސް ޔާމީން ދޫކުރެއްވުން އެއީ ގައުމުގެ މުސްތަގުބަލަށް ލިބުނު ފެހި ސިގްނަލެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިނިވަންވުން އެއީ ގައުމުމަށްލިބުނު އެންމެބޮޑު އެއް އުފާކަމަށާއި، އަދި އެމަނިކުފާނު ޖަލުން މިނިވަން ކުރެއްވުމަށް މަސައްކަތް ކުރެއްވި ޕިޕީއެމްގެ ސަޕޯޓަރުންނަށްވެސް ލިބުނު ވަރަށްބޮޑު ހަދިޔާއެއްވެސް ކަމަށެވެ. އާދަމް ޝަރީފް ފާހަގަކުރެއްވީ ނިމިދިޔަ ފަސްއަހަރު ފާއިތުވީ އެމަނިކުފާނަށް އަނިޔާ ކުރުމުގައި ކަމަށާއި، ޖަލުގައި ދުވަސްތައް ހޭދަކުރައްވަން ޖެހިވަޑައިގަތީ މި އިންތިހާބުގައި ވާދަކޮށްފާނެތީ ކަމަށެވެ.
”އަދި ރައީސް ޔާމީން ގެއަށް ދޫކޮށްފިއްޔާވެސް އިންތިހާބަށް ފޯރުކޮށްފާނެ ބޮޑު ނުފޫޒަކުން އެކަހެރިވެވެތޯ މަސައްކަތް ކުރެއްވީ“ އާދަމް ޝަރީފް
ރިޔާސީ އިންތިހާބަުގައި އިއްޔެ ލިބުނު ނަތީޖާއެކު ޑރ. މުއިއްޒުވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްފައެވެ. އަދި ސަޕޯޓަރުންނާއި ބައްދަލުކޮށް ރައިސް ޔާމީން ދޫކޮށްލުމަށްވެސް ގޮޥާލައްވާފައެވެ. އާދަމް ޝަރީފް ވިދާޅުވީ އިންތިހާބީ ރައިސް ގޮވާލެވި ގޮވާލެއްވުމަށް އިޖާބަ ދެއްވުމަކީ މިއަދު ރައީސް ކުރަން ޖެހިވަޑައިގެންނަވާ ކަމަކަށްވާތީ ރައީސް ޔާމީން ދޫކޮށްލަން ނިންމިނިންމުމެއް ކަމަށް ގަބުލުކުރެވޭ ކަމަށެވެ.
މީގެ ކުރިންވެސް ޕީޕީއެމް/ޕީއެންސިގެ ފަރާތްތައް ވަނީ ރައީސް ޔާމީން ދޫކޮށްދެއްވުމަށް އެދި އެތައް މަސައްކަތެއް ކުރައްވާފައެވެ. މަގުމަތީގެ ގިނަ މުޒާހަރާތައް ބާއްވާ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާ ލައްވާފައިވެއެވެ. އެގޮތުން ރައީސް ޔާމީންގެ ސަޕޯޓަރުން ފާހަގަކުރައްވަނީ، އެމަނިކުފާނަށް ކޮށްފައިވާ ހުކުމަކީ ހަރާމް ހުކުމެއް ކަމަށެވެ. އެއީ ނުހައްގަުން އޭނާ އަށްދޭ އަނިޔާ އެއް ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނުގެ ގާނޫނީ ޓީމުންވެސް ރައީސް ޔާމީން ޖަލުން ދޫކުރުމަށް އެދި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
ރައީސް ޔާމީން ދޫކުރެއްވުން އެއީ ގައުމުގެ މުސްތަގުބަލަށް ލިބުނު ފެހި ސިގްނަލެއް: އާދަމް ޝަރީފް އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ