އޮފީހެއް ފަޅާލައި 7 ލައްކަ އަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި

މާލޭގައި ހުންނަ އޮފީހެއް ފަޅާލައި 7 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި ފަޅާލާފައި ވަނީ މާލޭ ހެންވޭރުގައި ހުންނަ ގެއެއްގެ ފުރަތަަމަ ފަންގިފިލާގައި ހުންނަ އޮފީހެކެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.
މި މައްސަލައިގެ ތުހުމަތުގައި މާލެއިން އުމުރުން 43 އަހަރުގެ ފިރިހެނެއް މިއަދު ހައްޔަރުކޮށްފައިވާއިރު، އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅުނު ތަން ބަލައިފާސްކޮށް 5 ލައްކައަށްވުރެ ގިނަ ރުފިޔާ ފުލުހުން ވަނީ ހޯދާފައެވެ.
ފުލުހުންގެ ޚިދުމަތުން މިރޭ ވިދާޅުވިގޮތުގައި މި މައްސަލަ އެ އިދާރާގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހްގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ