މި ޤައުމަށް އެކި ސިނާއަތްތަކުން ޑޮލަރު ވަންނަ ކަމަށާއި، ނަމަވެސް ދުވަހަކުވެސް އޭގެ ފައިދާ އާންމު ރައްޔިތުންނަކަށް ނުކުރާކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ޑޮލަރުު މާރުު ކުރުމުުގެެ ޤާނޫނާ ގުުޅޭގޮތުން ވާހަކަ ދައްކަވަމުން މެމްބަރުު އިބްރާހިމް ވިދާޅުވީ، އެ ޤާނޫޫނަކީ މާ ކުރިންވެސް އަންނަންޖެހޭ ޤާނޫނެއް ކަމަށެވެ. އެގޮތުން މީގެ ކުރިން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުންނަށް އެ ނިންމެވުންތައް ނިންމަވަން ކެރިވަޑައިނުގަތީ ކަމަށާއި، ނޫނީ އެހެން ބައެއްގެ ނުފޫޒުން އެކަން ނުކުރެވި އޮތީކަމަށް ބެލެވޭކަމަށް މެމްބަރު ވިދާޅުވިއެވެ.
ޑޮލަރާބެހޭ ޤާނޫނަކީ މި ޤައުމަށް މާ ކުރިންވެސް އަންނަން ޖެހޭ ޤާނޫނެއް، އަޅުގަނޑަށް ހީވަނީ ވެރިކަން ކުރަން އަންނަ ފަރާތްތަކަށް އެކަން ކުރަން ނުކެރިފައި އޮތީހެން
މެމްބަރު އިތުރަށް ވިދާޅުވީ، މިއަދާ ހަމައަށް އެ ނިންމުންތައް ނުނިންމި ހުރީ ރައްޔިތުންނަށް ފައިދާވާނެ ގޮތްތަކަށް އިސްކަން ނުދޭތީ ކަމަށެވެ. ނަމަވެސް މިއަދުގެ ރައީސަކީ ރައްޔިތުންގެ ވެރިމީހާކަން ފެންނަމުންދާކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވި ގޮތުގައި ޑޮލަރު މާެރު ކުރުމުގެ ޤަވާއިދާއި މިހާރު އެކުލަވާލަން އުޅޭ ޤާނޫނަކީ ވަކި މީހަކަށް އަމާޒުކޮށް ނުވަތަ ވަކި ބަޔަކަށް ގެއްލުން ދިނުމަށް ކުރަމުންދާ މަސައްކަތެއް ނޫނެވެ. އެއީ ރައްޔިތުންނަށް އެންމެ ފައިދާވާނެ އަދި އެންމެ އިންސާފުވެރި ގޮތްކަން ފާހަގަ ކުރައްވައި މެމްބަރު ވަނީ ރައްޔިތުން ޑޮލަރު ހޯދަން އުޅެންޖެހޭ ދަތި ޙާލަތަށް އަލިއަޅުވާލައްވާފައެވެ.
އޭގެ އިތުރުން، މި ޤައުމަށް އެކި ސިނާއަތްތަކުން ޑޮލަރު ވަންނަކަން ފާހަގަ ކުރައްވައި މެމްބަރު ވިދާޅުވީ، އޭގެ ފައިދާ ރައްޔިތުންނަކަށް ނުކުރާ ކަމަށެވެ.
އެހެންކަމުން ވިޔަފާރިވެރިންވެސް މިއަދު އާންމު ދިވެހި ރައްޔިތުންނާމެދު ވިސްނަވައި، އެބޭފުޅުންގެ ބައިވެރިވުމާއެކު ކުރިއެރުވި ސިނާއަތުގެ ކުޑަ މިންވަރެއްގެ ފައިދާއެއް ރައްޔިތުންނަށްވެސް ލިބޭނެގޮތަށް އަމަލު ކުރެއްވުމަށް މެމްބަރު ގޮވާލެއްވިއެވެ.
ތިބޭފުޅުން އެބަޖެހޭ ރައްޔިތުންނާމެދު ވިސްނަން، ރައްޔިތުންނަށްވެސް ހިތްހަމަޖެހިލައިގެން އުފާ ފާގަތިކަމާއެކު އުޅެވޭނީ ތިބޭފުޅުންގެވެސް އެހީއާއެކު، މި އިންޑަސްޓްރީއަކީ ތިބޭފުޅުން ޑިވޮލޮޕްކުރި އިންޑަސްޓްރީއެއް، އެހެންކަމުން މި އިންޑަސްޓްރީން ލިބޭ ފައިދާގެ ކުޑަކުޑަ މިންވަރެއްގެ އެހީއެއް ރައްޔިތުންނަށްވެސް ވެދޭށޭ.
ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ތެރެއިން ޓީޖީއެސްޓީ ދައްކާ ފަރާތްތަކުން ބޭރުފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ރެޖިސްޓްރީ ކުރަން އަންގައި ރިސޯޓުތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކުތަކުން މާރު ކުރަން ލާޒިމު ކުރާގޮތަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ބޭރު ފައިސާގެ ބިލެއްވެސް ސަރުކާރުން ވަނީ އެކުލަވާލާފައެވެ.
ޤައުމަށް ޑޮލަރުވަނަސް އާންމު ރައްޔިތަކަށް ފައިދާއެއް ނުވޭ، ރައީސް އުޅުއްވަނީ އެކަން ބަދަލު ކުރައްވަން: މެމްބަރު އިބްރާހިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ