ބޮޑު ޖަމާއަތުގައި ބޮޑު ޢީދު ނަމާދު 4 ސަރަހައްދެއްގައި

މި އަހަރުގެ އަޟްޙާ ޢީދު ނަމާދު މާލެ ސަރަޙައްދުގެ ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި ކުރަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހަމަޖައްސަވައިފިއެވެ. މީގެ އިތުރުން މާލެއާއި ހުޅުމާލޭގެ 25 މިސްކިތެއްގައި ވެސް ޢީދު ނަމާދުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި އަހަރުގެ އަޟްޙާ ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރަން ހަމަޖެހިފައިވަނީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލެ ފުޓުބޯޅަ ދަނޑު، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކުޅިވަރު އެކުވެނީގައެވެ. ވިލިމާލޭގައި ބޮޑު ޖަމާޢަތުގެ އިތުރުން ޢީދު ނަމާދުކުރާނީ މަސްޖިދުއް ސަލާމުގައެވެ. މާލޭގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވާ 17 މިސްކިތް: - މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް- މަސްޖިދު މަލިކި ސަލްމާން- މަސްޖިދުލް ފުރްޤާން- މަސްޖިދުއް ނޫރު- މަސްޖިދުއް ޝަހީދު ޢަލީ- މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)- މަސްޖިދުއް ސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް (ދުބުރި މިސްކިތް)- މަސްޖިދުއް ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)- މަސްޖިދުއް ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)- މަސްޖިދު ޞަލާޙުއްދީން- މަސްޖިދު ޖަލާލުއްދީން- މަސްޖިދު އިބްރާހީމް- މަސްޖިދު އިސްކަންދަރު- މަސްޖިދު ޔޫސުފުލް ބަރުބަރީ- މަސްޖިދުއް ސުލްޠާން މުޙައްމަދު ޢިމާދުއްދީން (ރަން މިސްކިތް)- މަސްޖިދުއް ޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)- މާފަންނު އާ މިސްކިތް ހުޅުމާލޭގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވާ މިސްކިތްތައް:- މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ- މަސްޖިދު ރަޝީދު- މަސްޖިދު ޢަޒީޒާ މޫސާ- މަސްޖިދު އަޞްދީޤާ- މަސްޖިދުލްވާލިދައިނި- މަސްޖިދުލް ޙަސަން އާދަމް- މަސްޖިދު އުޘްމާން ބިން ޢައްފާން މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވުމުން ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ނުކުރެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތްތަކެއްގައި ވެސް ޢީދު ނަމާދުކުރާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ. ޢީދު ނަމާދުކުރަން ފަށާނީ ހެނދުނު 7:00 ގައެވެ. މި އަހަރުގެ އަޟްޙާ ޢީދު ދުވަހަކީ މި މަހުގެ 27 ވާ އާދިއްތަ ދުވަހެވެ. ފަހަކަށް އައިސް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ޢީދު ނަމާދުކުރަނީ ބޮޑު ޖަމާއަތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ