މިނިސްޓަރު ޝަހީމް ފީއަލި ކައުންސިލާ ބައްދަލުކުރައްވައިފި

އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު، ފ. ފީއަލީ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.
އިއްޔެ އިސްލާމިކް މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ވުޒާރާގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަޙްމަދު އަސްލަމް އަދި ފީއަލީ ކައުންސިލްގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ފީއަލީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ އައު މިސްކިތުގެ މަޝްރޫޢުއާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
އަދި ފީއަލި ކައުންސިލާއި މިނިސްޓްރީން ގުޅިގެން އެރަށުގައި ދީނީ އެކި ޕްރޮގުރާމުތައް ކުރިއަށް ގެންދިއުމާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައިވެއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ