މާލެ އަދި ހުޅުމާލެ ސީއެޗްއެސްއީ ދެ ދަންފަޅިއަށް

މާލެ އަދި ހުޅުމާލޭ ސިއެޗްއެސްއީ ވެސް ދެ ދަންފަޅިއަށް ބަދަލުކޮށް ކިޔަވައިދޭން ފަށައިފި އެވެ.
އެ ދެ ސްކޫލު ވެސް ދެ ދަންފަޅިއަށް ބަދަލުކޮށް ކިޔަވައިދޭން ފެށީ މި މަހު 14ގަ އެވެ.
ހުޅުމާލެ ސީއެޗްއެސްއީގައި މި އަހަރު އަލަށް 830 ދަރިވަރުން ގްރޭޑް 11 ގައި ކިޔަވަން ފެށިއިރު އެ ސްކޫލް ދަރިވަރުންގެ އަދަދު ވަނީ 2،000 އަށް އަރައިފަ އެވެ.
މާލެ ސީއެޗްއެސްއީގައި ކިޔަވާ ދަރިވަރުންގެ އަދަދަކީ 1،237 އެވެ.
ރާއްޖޭގައި އޭ ލެވެލް ކިޔެވުމުގެ ފުރުސަތު ވީހާ ވެސް ގިނަ ކުދިންނަށް ދޭން، ގްރޭޑް 11، 12 އަށް ވައްދާ ކްރައިޓީރިއާ ދަށްކޮށް މިދިޔަ އަހަރު ވަނީ އުސޫލް އިސްލާހުކޮށްފަ އެވެ.
އޭލެވެލް ކިޔެވޭނެ ޝަރުތުތަކުގެ ތެރޭގައި ބަލާފައި ވަނީ އޯލެވެލް އިމްތިހާނާއި ބީޓެކްގެ ނަތީޖާއަށެވެ. އެއީ އެ ދެ އިމްތިހާނުގެ ތެރެއިން އެއް އިމްތިހާނުން ތިން މާއްދާ އިން ނުވަތަ ފަސް މާއްދާއާ ހަމައަށް ފާސްވާ ދަރިވަރުންނަށް ފުރުސަތު ދޭ ގޮތަށެވެ.
ހުޅުމާލޭ ސީއެޗްއެސްއީ ހުޅުވުމާ އެކު، މާލޭގައި ޒަމާންތަކެއް ވަންދެން ހިންގި އޭ ލެވެލް ސްކޫލް، ސީއެޗްއެސްއީ އިމާރާތް ބަންދުކުރި އެވެ. ނަމަވެސް އޭ ލެވެލްގެ ފުރުސަތު ގިނަ ކުދިންނަށް ދިނުމުގެ ގޮތުން އެތަން އަލުން ހުޅުވައި ކިޔަވައިދޭން ފެށީ އެވެ.  އަދި އިތުރު ސްކޫލުތަކުގައި ވެސް މި އަހަރު އޭ ލެވެލަށް ކިޔަވައިދޭން ވަނީ ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ