2024 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި 28,000 އަށްވުރެ ގިނަ ސައިކަލު ރަޖިސްޓްރީކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ މާލެ ސަރަހައްދުގައި އުޅަނދުތައް އިތުރުވަމުންދާ މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މި ހިސާބުތަކަކީ މަޖިލީހުގެ ސެކްރެޓޭރިއަޓުން އެ ވަގުތު މިނިސްޓަރަށް އެރުވި މަޢުލޫމާތުތަކެއް ކަމަށާއި، މިކަން އިތުރަށް ޔަޤީންކުރުމަށްފަހު މެންބަރަށް އަރުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
2024 އިން ފެށިގެން މާލެ ސަރަހައްދުގައި 28,000 އަށްވުރެ ގިނަ ސައިކަލު ރަޖިސްޓްރީކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ