ބިލެތްފަހީ އިންޖީނުގެ ރޯވެ އަންދާ ހުލިވެއްޖެ

ށ ބިލެތްފަހީ އިންޖީނުގޭގައި އަލިފާން ރޯވެ އަނދާ ހުލިވެއްޖެއެވެ.
ފުލުހުންވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.
ފުލުހުން ބުނީ އެކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ 11:55 ހާއިރު ކަމަށާއި އިތުރު ތަފްސީލެއް އަދި ލިބިފައި ނުވާ ކަމަށެވެ
ބިލެތްފަހިން ރާއްޖެ އެމްވީއަށް މައުލޫމާތުދިން ޢްބަދުލް ޢަޒީޒް ބުނީ އިންޖީނުގޭގެ ފުރާޅާއެކު އަނދާ ހުލިވެ ބިމާ ހަމަވެފައިވާ ކަމަށެވެ. ނަމަވެސް އެއްވެސްމީހަކު ޒަޚަމްވެފައި ނުވާކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ މިހާރު މުޅި ރަށުން ކަރަންޓް ކެނޑިފައިކަމަށާއި ރަށުގެ ރައްޔިތުން ނުކުމެ އަލިފާންގަނޑު ނިއްވާލެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.
 
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ