މިޞުރުގެ އަލްއަޒްހަރު ޔުނިވަރސިޓީގެ ގްރޭޖުއޭޓުންގެ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއިން ބާއްވަވާ އިސްލާމީ ޖަލްސާއެއްގައި ތަޤްރީރު ކުރެއްވުމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ދައުވަތު އަރުވައިފިއެވެ.
މި ޖަލްސާގައި ތަގުރީރު ކުރެއްވުމަށް ރައީސް މައުމޫންއަށް ދައުވަތު ދެއްވީ ޝައިހުލްއަޒްހަރު ޝައިހު ޑރ. އަހުމަދުއްތައްޔިބު އެވެ.
މި ޖަލްސާ އޮންނާނީ މެލޭޝިޔާގެ ކުއާލަލަމްޕޫރުގައި އަންނަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހާއި 15 ވަނަ ދުވަހުއެވެ.
މި ޖަލްސާގައި ބަހުޘް ކުރާ މައުޟޫޢަކީ [ތަފާތު ފިކުރުތަކުގެ މީހުން އެކުވެރިކަމާއެކު ދިރިއުޅުމުގައި ގެންގުޅެންވީ އިސްލާމީ އުޞޫލުތައް] މިމައުޟޫޢެވެ. ރައީސް މައުމޫން ތަޤްރީރް ކުރައްވާނީވެސް މި މައުޟޫޢުގެ މައްޗަށެވެ.
އަޒުހަރު ޔުނިވާސިޓީގައި މައުމޫން ތަގުރީރު ކުރައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ