ވަޒީފާގެ ބިރަށް އަދި މަންފާތައް ލިބޭނަމަ ފާޑުކިޔަންވީ: ރައީސް މައުމޫން

އެމީހެއްގެ ވަަޒީފާގެ ބިރަށް އެ ވަޒީފާގައި ދެމިހުރުގެ މަގުސަދުގައި ކިތަންމެ ވަރަކަށް ބަހުގެ ހަމަލާތައްދީ ފާޑުކީނަމަވެސް އެކަން ކަންބޮޑުވެވަޑައިނުގަންނަވާކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މިއަދު ކުރައްވާފައިވާ ޓްވީޓްތަކެއްގައެވެ.
ރައީސް މައުމޫންގެ ޓްވީޓްތަކުގައި ވިދާޅުވީ އެއްވެސް މީހަކު އެމީހެއްގެ ވަޒީފާގެ ބިރަށްޓަކައި އެ ވަޒީފާގައި ދެމިހުރުގެ މަގުސަދުގައި އެމަނިކުފާނަށް ކިތަންމެ ވަރަކަށް ބަހުގެ ހަމަލާތައް ދިންނަމަވެސް ކަންބޮޑުވެވަޑައިނުގަންނަވާކަމަށެވެ.
އަދި ވަޒީފާގައި ހުރެވެން އޮތީ މައުމޫނަށް ފާޑުކިޔައިގެންކަމަށްވާނަމަ އެކަން ކުރައްވީކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރަށް އެހެނިހެން މާލީ މަންފާތައް ލިބޭކަމުގައިވާނަމަވެސް އެކަން ކުރަންވީކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރަށް ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ އުންމީދަކީ އަދި ބޭނުމަކީ ގައުމާއި ދީނަށް ޚިދުމަތްކުރުންކަމަށް ވިދާޅުވެފައެވެ.
އަދި އެނޫން އެއްވެސް އުންމީދެއް އެމަނިކުފާނުގެ ނެތްކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ އެހެން ބައެއްގެ ކުރިއެރުމަށް ހުރަސްއެޅުމާއި، ބަޔަކަށް ގެއްލުންދިނުމަކީ އެމަނިކުފާނު ކުރައްވާނެކަމެއް ނޫންކަމަށެވެ.
އެމީހެއްގެ ވަަޒީފާގެ ބިރަށް އެ ވަޒީފާގައި ދެމިހުރުގެ މަގުސަދުގައި ކިތަންމެ ވަރަކަށް ބަހުގެ ހަމަލާތައްދީ ފާޑުކީނަމަވެސް އެކަން ކަންބޮޑުވެވަޑައިނުގަންނަވާކަމަށް މައުމޫން ވިދާޅުވެފައިވާއިރު، ރައީސް މައުމޫންގެ އަރިހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި މުހައްމަދު ހުސައިން ޝަރީފު ވަނީ ރައީސް މައުމޫނާއި ގުޅޭގޮތުން ހަގީގަތެއް ނެތް ވާހަކަތަކެއް މީޑިއާގައި ފަތުރާފައެވެ.
އެގޮތުން ދައުރުގެ މެދުތެރެއިން ރައީސް ޔާމީން ވެރިކަމުން ވައްޓާލުމަށް ބަޣާވާތެއް ގެނައުމަށް ރައީސް މައުމޫން އޮތީ މާކުރިންވެސް ރާވާފައިކަމަށް ވިދާޅުވެ މުންދު ވަނީ ވާހަކަދައްކާފައެވެ.
އަދި ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އިކޮނޮމިކް މިނިސްޓަރުކަމަށް ވަޑައިގެންނެވި މުހައްމަދު ސައީދުވެސް ގެންދަވަނީ ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ގިނަ ބަޔަކު ބުނާގޮތުގައި މި ބޭފުޅުން ރައީސް މައުމޫނާއި ގުޅޭގޮތުން ހަގީގަތެއް ނެތް ދޮގު ވާހަކަތައް ދައްކާ، ރައީސް މައުމޫނަށް ފާޑުވިދާޅުވަމުން ގެންދަވަނީ ވަޒީފާގެ ބިރަށްޓަކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ