ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ރާއްޖޭގެ އިސް ރަށްވެހިންނާ މިރޭ ބައްދަލު ކުރެއްވުމަށް ބާއްވަން ހަމަޖެހުނު ހަަފްލާ ފަސް ކޮށްފި އެވެ.
މައުލޫމާތުލިބޭ ގޮތުގައި އިސް ރަށްވެހިންނާއި ބައްދަލުކުރެއްވުން ފަސްކުރެއްވީ މޫސުން ތަން ނުދިނުމުގެ ސަބަބުންނެވެ.
އިސްރަށްވެހިންނާއި ބައްދަލުކުރެއްވުން ފަސްކޮށްފައިވަނީ މި މަހުގެ 9 ވަނަ ދުވަހަށެވެ.
މިރޭ 20:30 ގައި ރަސްފަންނުގައި ބާއްވަން ހަމަޖެހުނު އެ ހަފްލާ އަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ފަރާތްޕުޅުން ވަނީ ހުރިހާ އިސް ރަށްވެހިންނަށް ދަޢުވަތު އަރުވާފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް ވިދާޅުވީ މިބައްދަލުވުމަކީ ވަކި ޕާޓީއަކަށް ހާއްސަކޮށްގެން ބާއްވާ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި މިކަމަކީ ގައުމީ ކަމެއް ގޮތުގައި ދެކި ވީހާވެސް ގިނަ އިސް ރަށްވެހިން ބައިވެރިވުމަށް އެދޭ ކަމަށެވެ.
އަދި މި ބައްދަލުވުމުގެ މަޤްސަދަކީ އުމުރުން ދުވަސްވީ މީހުންނާ ބައްދަލު ކުރައްވައި، އެ މީހުންގެ ހާލު ބައްލަވައި ކަންބޮޑުވުންތައް އޮޅުން ފިލުވުން ކަމަާށެވެ.
މޫސުން ތަން ނުދިނުމުގެ ސަބަބުން އިސް ރަށްވެހިންނާއި ބައްދަލުކުރުން ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ