އުރީދޫގެ އެމް ފައިސާ އެޕްލިކޭޝަން ވެލާނާ އެއާޕޯޓް ބުރުޒު ކެފޭ އަށް ތައާރަފުކޮށްފި
މޮބައިލް ފޯނު މެދުވެރިކޮށް އެކި ވިޔަފާރީގެ މުއާމަލާތްތަކަށް ފައިސާ ދެއްކޭނެހެން އުރީދޫ އިން ތައާރަފްކޮށްފައިވާ އެމް ފައިސާ އެޕްލިކޭޝަން، ވެލާނާ އެއާޕޯޓްގެ ބުރުޒު ކެފޭގައި ލޯންޗުކޮށް ޕްރޮމޯޝަންއެއް ފަށައިފި އެވެ. އުރީދޫ އިން ބުރުޒު ކެފޭއަށް އެމް ފައިސާ ލޯންޗުކޮށް ޕްރޮމޯޝަން ފަށާފައި ވަނީ އިއްޔަ އެވެ. އިއްޔެ އިން ފެށިގެން މެއި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަން ހަމަޖެހިފައިވާ އެ ޕްރޮމޯޝަންގައި، ބުރުޒު ކެފޭ އިން ކެއުމަށް ފަހު އެމް ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަކަށް ސެމްސަންގުން އެންމެ ފަހުން ނެރުނު އެސް 9ގެ ފޯނެއް ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ. އުރީދޫ އެމް ފައިސާ ހިދުމަތަކީ ވޮލެޓްގައި ހުންނަ ރުފިޔާ ވޮލެޓްގައި ގެންގުޅުމުގެ ބަދަލުގައި، ފޯނުގައި ހިދުމަތް ރަޖިސްޓާ ކޮށްގެން، އެކައުންޓަކަށް ރުފިޔާ ޖަމާކޮށް، މޮބައިލް ފޯނު މެދުވެރިކޮށް އެކި ވިޔަފާރީގެ މުއާމަލާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެކެވެ. އުރީދޫ އެމް ފައިސާގެ ހިދުމަތް ބޭނުންކޮށް މިހާރު ބިލްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ އިރު އުރީދޫއިން އަންނީ ގިނަ ބަޔަކާ އެކު ޕާޓްނާޝިޕް ހަދައި އެމް ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް ސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ