ހަޤީޤީ މިނިވަންކަން ލިބޭނީ އަމިއްލަ އެދުން ދޫކޮށްލައިގެން – މައުމޫނު

ޤައުމަށް ޙަޤީޤީ މިނިވަންކަން ލިބޭނީ ޤައުމަށްޓަކައި އަމިއްލަ އެދުމާއި ދަހިވެތިކަން ދޫކޮށްލައިގެންކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މަޢުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ 52 ވަނަ މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވެވުމަށް ރައީސް މައުމޫނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަމިއްލަ މަޞްލަޙަތަށްވުރެ، ޤައުމުގެ މަޞްލަޙަތު އިސްކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ ޤައުމަށް ޙަޤީޤީ މިނިވަންކަން ލިބުންކަމަށެވެ.
ރައީސް މައުމޫނު މިފަދައިން ޓުވީޓު ކުރައްވާފައިވާއިރު، ދާދިފަހުން އެމަނިކުފާނުވަނީ ރައީސް ޔާމީނަށް ކުރައްވާ ތާއީދު އަނބުރާ ގެންދަވާފައެވެ.
އަދި މައުމޫނުގެ ވެރިކަން ނިމުމަކަށް ގެނައުމުގައި އެންމެ އިސްރޯލެއް އަދާކުރެއްވި ކުރީގެ ރައީސް ނަޝީދުއާއިއެކު ސިޔާސީ މަސައްކަތް އެމަނިކުފާނު ގެންދަވަނީ ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ