އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދި 2015 ވަނަ އަހަރު ރާއްޖެ ވަޑައިގެންނެވި ނަމަ އިންޑިއާއިން ގެންގުޅޭ އަވައްޓެރިންނަށް އިސްކަން ދިނުމާ ބެހޭ ސިޔާސަތަށް ރަނގަޅުވީސް ކަމަށް ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
އަހުމަދު މުހައްމަދު އެހެން ވިދާޅުވީ އިންޑިއާގެ ނޫހެއް ކަމަށްވާ ޓްރައިބިއުންއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
މޯދީ ރާއްޖެ ވަޑައިނުގެންނެވީ އިދިކޮޅު ފަރާތްތަކާ މެދު ސަރުކާރުން އަމަލު ކުރާ ގޮތުން ކަމަށް އެ ނޫހުން ސުވާލު ދެންނެވުމުން އަހުމަދު މުހައްމަދު ވިދާޅުވީ 2015 ވަނަ އަހަރުގެ މާޗު މަހު މޯދީ އޭޝިއާގެ ބައެއް ގައުމުތަކަށް ކުރެއްވި ދަތުރުފުޅުން ރާއްޖެ އުނި ކުރެއްވި ކަމަށާއި ނަމަވެސް އެގޮތަށް އަމަލު ކުރެއްވީ ކީއްވެގެންކަން އަންގާފައި ނުވާ ކަމަށެވެ.
އަހުމަދު މުހައްމަދު ވަނީ ބޮޑު ވަޒީރު މޯދީ ބޭނުންފުޅު ވަގުތަކު ރާއްޖެ ވަޑައިގަންނަވަންވީ ކަމަށާއި ރާއްޖެއިން އެކަމަށް މަރުހަބާ ކިޔާނެ ކަމަށް ވިދާޅުވެފައެވެ.
އަހުމަދު މުހައްމަދު ވަނީ ރާއްޖެއިން ޗައިނާއާއި އެކު ގާއިމު ކުރި އެއްބަސްވުންތަކާއި ގުޅިގެން އިންޑިއާއަށް ކުއްލި ހައިރާން ކަމެއް ލިބެން ނުޖެހޭ ކަމަށް ވިދާޅުވެފައެވެ. ޗައިނާއާއެކު އެއްބަސްވުންތައް ގާއިމުކޮށްފައިވަނީ ސިއްރިޔާތުގައި ނޫން ކަމަށާއި އެ އެއްބަސްވުންތަކަކީ ފާޅުގައި ޗައިނާއާއި ރާއްޖެއިން ކުރަމުން ދިޔަ މަޝްވަރާތަކަށްފަހު ވެފައިވާ އެއްބަސްވުންތަކެއް ކަމަށް އަހުމަދު މުހައްމަދު ވިދާޅުވެފައިވެއެވެ.
އިންޑިއާއާއި ރާއްޖެއާއި ދެމެދު ގުޅުން ހީނަރުވެފައިވާ މި ދަނޑިވަޅުގައި ދެގައުމުގެ އިސްބޭފުޅުން އެއް ގައުމުން އަނެއް ގައުމަށް ޒިޔާރަތް ކުރެއްވުމަކީ ރަނގަޅު ހައްލަކަށް ވެދާނެ ކަމަށް ވެސް އަހުމަދު މުހައްމަދު ވިދާޅުވެފައިވެއެވެ.
އިންޑިއާއާއި މެދު ރާއްޖެއިން ހިތްހަމަ ނުޖެހޭ ބައެއް ސަބަބުތައް އެމްބެސެޑަރު ވިދާޅުވެދެއްވައިފި
މޯދި ރާއްޖެ ވަޑައިގެންނެވި ނަމަ އިންޑިއާއަށް ރަނގަޅު ވީސް: އަހުމަދު މުހައްމަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ