ޕްރޮސެކިއުޓަރ ޖެނެރަލްގެ އަމަލުތައް ހުރިގޮތުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިޝްގެ މައްޗަށް ކުރާ ރިސްވަތުގެ ދައުވާ އިންސާފުވެރިކޮށް ދިއުމަށް ނުރައްކަލެއް ކުރިމަތި ވެފައިވާކަމަށް ފާރިސްގެ ވަކީލު މައުމޫނު ހަމީދު ވިދާޅުވެއްޖެއެވެ.
މައުމޫނު ހަމީދު މިހެން ވިދާޅުވީ މިއަދު އޮތް ފާރިސްގެ ރިޝްވަތުގެ ޝަރީއަތުގެ އަޑުއެހުމަށްފަހު އެންދެރިމާގޭގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުންނެވެ.
މައުމޫނު ހަމީދު ވިދާޅުވީ ފާރިސްގެ ދިފާއު އެކަށީގެންވާގޮތެއްގައި ކުރިއަށް ގެންދިއުމަށް ފުރުސަތުވެސް ނުދޭއިރު ޕީޖީގެ އަމަލުތައް ހުރިގޮތުން އިންސާފުވެރި ޝަރީއަތަކަށް ނުރައްކާ ކުރިމަތިވެފައިވާ ކަމަށާއި ޕީޖީގެ އަމަލުފުޅުތައްހުރީ އިންސާފުވެރި ޝަރީއަތަކަށް ހުރަސްއެޅޭ ގޮތަށް ކަމުގައެވެ.
މައުމޫނު ވިދާޅުވީ ފާރިސް ހައްޔަރުކުރުމަށް މަސައްކަތް ކޮށްފައިވަނީވެސް ޤާނޫނު އޮޅުވާލާގެން ކަމަށާއި މައްސަލައިގެ ތަހުގީގު ފުލުހުން އެކަށީގެންވާ ގޮތަކަށް ނުނިއްމަނީސް ދައުވާ ކޮށްފައިވާ ކަމުގައެވެ.
މައުމޫނު ހަމީދު ވިދާޅުވީ ފާރިސްގެ މައްޗަށް ރިޝްވަތުގެ ތުހުމަތު ކުރާއިރު ފާރިސް ރިޝްވަތު ހުށައެޅުއްވި ތަނަކާއި ރިޝްވަތުދެއްވި ދުވަހަކާއި ގަޑިއެއްވެސް ދައުވާގައި ބުނެފައިނުވާ ކަމަށާއި އެކަމުގެ ސަބަބުން ދިފާއު ތައްޔާރު ކުރުމަށްވެސް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމުގައެވެ.
ޕީޖީއަކީ އިންސާފަށް ހުރި ނުރައްކަލެއް: މައުމޫނު ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ