މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރާގައި ހުވަދު އަތޮޅާއި އައްޑޫ ސިޓީއަށް ގުގުރުމާއި އެކު ބޯކޮށްވާރޭވެހޭނަކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ މިއަދު ވިދާޅުވެއްޖެއެވެ.
އެ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ދެކުނުގެ ބައެއް އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށެވެ. އެގޮތުން އެ ހިސާބަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
ނަމަވެސް މިވަގުތުތަކުގައި އުތުރާއި މެދު ރާއްޖޭ ތެރޭ ރަށްތަކަށް އާންމުގޮތެއްގައި މޫސުން ރަގަޅުވާނެކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
މިދިޔަ ހަފްތާގައި އިންޑިއާ ކަނޑުގައި އުފެދުނު ބާރުގަދަ ތޫފާނެއްގެ ސަބަބުން ރާއްޖެ އަށް ވެސް ވަނީ ވަރަށް ބޮޑަށް ވިއްސާރަކޮށް ގިނަ އަދަދެއްގެ ރަށްތަކުގެ ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތައް ލިބިފައެވެ. އަދި ވާރޭ ވެހި ފެން ބޮޑުވުމުން ގެތަކަށް ފެން ވަދެ ހިފައިގެންގުޅޭ ތަކެއްޗަށް ވެސް ވަނީ ގެއްލުން ވެފައެވެ.
ހުވަދު އަތޮޅާއި އައްޑޫ ސިޓީއަށް މޫސުން ގޯސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ