ޖުމްހޫރީ ޕާޓީގެ ކުލަޔަކީ ދިވެހި ދިދައިގައިވާ ފެއްސާއި ރަތާއި ހުދުކަމަށާއި އެކަން ދުވަހަކުވެސް ހަނދާން ނައްތައިނުލާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އޮންރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގައުމީ ކުލަތަކަކީ ހިތާއި ސިކުނޑީގައި ބިންވަޅު ނެގިފައިވާ ކުލަތަކެއް ކަމަށާއި ނޭވާ ހިނގާހައި ދުވަހަކު ދައުރުވާނީ ގައުމިއްޔަތުގެ ލޭކަން ގާސިމް އިބްރާހިމް ހާމަކުރައްވާފައިވަނީ މިގައުމުގައި ސަރުކާރުން ހިގަމުންދާ އައިރުގާނޫނީ ހަރަކާތްތަކާއިމެދު ކަންބޮޑުވުން ފާޅުކުރައްވައި އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައެވެ.
ދިވެހި ރައްޔިތުންނާއި ދިވެހި ގައުމުގެ ހައްގުގައި ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ މަސައްކަތަކަކީ ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލާއި ގާނޫނުއަސާސީގެ ބާރު ނެގެހެއްޓުމުގެ މަސައްކަތް ކަމަށްވެސް އޮނަރަބަލް ގާސިމް އިބްރާހީމްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ އެއްވެސް މީހަކީ ގާނޫނަށްވުރެ މަތީގައި ހުރެވޭނެ މީހެއް ނޫންކަމަށާއި އެންމެންގެ މައްޗަށްވެސް އޮތީ ގާނޫނުގެ ބާރު ކަމަށެވެ.
މިއަދު ގައުމުން މިފެންނަނީ ބައެއް މީހުން ގާނޫނަށްވުރެ މަތީގައި ތިބެން ފައިވިއްދައި ގާނޫނުއަސާސީއާ ޚިލާފު އަމަލުތަކެއް ހިންގައި ދިވެހި ގައުމަށް ހުރިހާ ގޮތަކުންވެސް ނިކަމެތިކަމާއި ދެރަކަން ދޭން އުޅޭ މަންޒަރުކަމަށާއި ދިވެހި ގައުމިއްޔަތުގެ ކުލަތަކުން ހިތާއި ސިކުނޑި ފެވިފައިވާ ދިވެހި އެއްވެސް ދަރިޔަކު އެކަމަށް އެއްބަސްވެ ޚުދުމުޚުތާރުކަމަށް ދީލާނުލާނެ ކަމަށް އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެފައިވެއެވެ.
ފެއްސާއި ރަތާއި ހުދުގެ މަތިން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން: ގާސިމް އިބްރާހިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ