ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރުންނަށް ޖަމީލް އާއި އުމަރު ހަމަޖައްސައިފި

ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރުންގެ ގޮތުގައި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އާއި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ހަމަޖައްސަވައިފިއެވެ.
އުމަރު އާއި ޖަމީލް ޕޮލިޓިކަލް އެޑްވައިޒަރުންނަށް ހަމަޖެއްސިކަން ގާސިމް ވަނީ ރޭ ވިލާ ޓީވީން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި އިއްލާން ކޮށްފައެވެ.
ގާސިމް މިފަދައިން އިއްލާން ކުރެއްވި އިރު މިމަހުގެ 2 ވަނަ ދުވަހު ޑރ. ޖަމީލް ވަނީ އޭނާގެ ޓީމް އާއި އެކު ޖޭޕީއަށް ސޮއިކޮށްފައެވެ. އުމަރު ޖޭޕީ އާއި ގުޅުނީ މިދިޔަ ޑިސެމްބަރ މަހު 14 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ