ކ.ގުރައިދޫ ގެ ގެތަކުގެކަރަންޓް ބިލް ބޮޑު ވުމާއި ގުޅިގެން ވަކިއެއްޗެއް އަންގަންދެން ކަރަންޓް ބިލް ނުދެއްކުމަށް އެ ރަށުގެ ގެތަކަށް އެ ރަށު ކައުންސިލުން އަންގައިފިއެވެ.
ގުރައިދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ވޭތުވެދިޔަ ދެ މަހެއްހާ ދުވަހު އެރަށު ގޭގޭގެ ކަރަންޓް ބިލްތަކުގެ އަގު ބޮޑުވެފައިވާތީ އެކަން ބަލައިދިނުމަށް އެންވަޔަރަމަންޓް މިނިސްޓްރީގައި ސިޓީ އަކުން އެދިފައިވާނެ ކަމަށެވެ.
އެ ސިޓީގެ ޖަވާބުގައި ސްޓެލްކޯއާއި އެންވަޔަރަމަންޓް މިނިސްޓްރީ ގުޅިގެން އެމައްސަލަ ދިރާސާ ކުރަމުންދާ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
"މި މައްސަލާގައި އެ މިނިސްޓްރީން ވަކި އެއްޗެއް އަންގަންދެން އެއްވެސް ގެއަކުން ކަރަންޓް ބިލް ނުދެއްކެވުމަށް ދަންނަވަމެވެ." އެ އިއުލާނުގައި ބުނެފައިވެއެވެ.
އެރަށުގެ ގެތަކުގެ ކަރަންޓް ބިލްގެ އަގު އާއްމު ގޮތެއްގައި އެހެން މަސްތަކަށްވުރެ ދެ ގުނަ ބޮޑުވެފައިވާ ކަމަށް ގުރައިދޫ ކައުންސިލްގެ މެންބަރަކު ވަނީ ވިދާޅުވެފައެވެ.
ގުރައިދޫ ގެ ތަކުގެ ކަރަންޓް ބިލް ބޮޑުވާތީ ބިލަށް ފައިސާ ނުދެއްކުމަށް ކައުންސިލުން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ