މާލޭގެ ބައެއް ސަރަހައްދުތަކުން އެއް ގަޑިއިރަށް ކަރަންޓް ކެނޑިދާނެ - ސްޓެލްކޯ

ސްޓެލްކޯގެ އިންޖީނަކަށް ދިމާވި މައްސަލައަކާއި ގުޅިގެން، އެއް ގަޑިއިރަށް މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑުމަކީ، އެކަށީގެންވާ ކަމެއް ކަމަށް، ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނީ، އެކުންފުނީގެ މައި އިންޖީނަކަށް ދިމާވި މައްސަލަ ހައްލުކުރުމަށްޓަކައި، މިއަދު 3:30 އިން 4:30 އާ ދެމެދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓްގެ ހިދުމަތް މެދުކެނޑިދާނެ ކަމަށެވެ.
ނަމަވެސް ކަރަންޓް ކެނޑޭނެ ވަކި ސަރަހައްދެއް ސްޓެލްކޯއިން ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ